އަސޭމިރުހާބެހޭ މި މައުލޫމާތުކޮޅު އެނގޭތަ !؟

އެނގޭތަ؟؟

އަސޭމިރުހޭ ބުނުމުން ގިނަބަޔަކަށް ސިފަވެގެން ދަނީ އެއީ ހަވާދު ހެދުމުގައި ބޭނުންކުރެވޭ އެއްޗެއްކަމަށެވެ. އެހެންނަމަވެސް އަސޭމިރުހަކީ މެއިން ހުރިހާ ޑިޝްތަކެއްވެސް ރަހަހެޔޮވަރުކޮށްލާ، އެއްގަމުމަސް އަދި މޫދުގެ މަސްތައްވެސް މެރިނޭޓް ކޮށްލުމަށްޓަކާ ހުރިހާ ޝެފުންވެސް ބޭނުންކުރަމުން އަންނައެއްޗެކެވެ. އަސޭމިރުހުގެ ސަބަބުން ރަހަޔަށް އެތަކެއްތަފާތު ތަކެއްގެނެސްދެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު %34 އާއެކު އަސޭމިރުސް އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ ވިއެޓްނާމްއެވެ. އެންމެ ގިނައިން އެގައުމުން ބޭރުކުރަނީ ހިއްކާފަ ހުންނަ އަސޭމިރުހެވެ.

ބޭސްވެރިކަމުގައިވެސް ބޭނުންކޮށް އުޅޭ އަސޭމިރުހަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ރޯގާ، ކެއްސުން އަދި ބަނޑުހަރުވުމުން އަސޭމިރުސް ބޭނުންކޮށް އުޅެއެވެ.ބަރުދަން ލުއިކުރަން ބޭނުންކުރާ މި އެއްޗަކީ ކާތަކެތި ހަޖަމުކޮށްދިނުމުގައިވެސް އެހީވެދޭ އެއްޗެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *