އެނގޭތަ؟
މިންޓްލީފްގެ އާއިލާގެ، އޮރެގާނޯ އާއި ގާތްކަމެއް ހުންނަ ތައިމްއަކީ ބަދިގެ ތަކުގައި އަދި ބޭސްވެރިކަމުގައި ބޭނުންކޮށްއުޅޭ ހާބްސް އެކެވެ. ހިކިފަސް، ހޫނު ތަންތަނުގައި ފަސޭހައިން ހައްދާލެވޭ ތައިމްއަކީ އެހާބެއް ކެއްކުމުގައި ބޭނުންކުރާ ހުރިހާ އެއްޗަކާވެސް ގުޅޭ އެއްޗެކެވެ. ކުކުޅު، ގެރިމަސް އަދި ސީފުޑް މެރިނޭޓްކުރާއިރު އަދި ކައްކާއިރު ޝެފުންގެ އެންމެ އަތްމަތީ ހާބްއަކީ ތައިމް އެވެ. މީރު ރަހައާއި ކާލުމުން އެލިބޭ ހިތްހަމަޖެހުމުގެ ސަބަބުން ގިނަ ޝެފުން ގެ މެދުގައި މިއީ މަގުބޫލު އެއްޗެކެވެ.
ތައިމް ގަހުގައި އަޅާ މާ އަދި ތައިމް ފަތަކީ އޭގެން ތެޔޮ އުފައްދާ، އެތެޔޮ ބޭސްވެރިކަމުގައި ބޭނުންކުރެވޭއެއްޗެކެވެ. ޔުނިވަރސިޓީ އޮފް ބެލްގަރޭޑް، ސާބިއާގެ ރިސާޗަރުން ހާމަ ކުރައްވާ ގޮތުގައި ތައިމްއިން ލިއްބައިދޭ އެކުއިއޮސްއިން ލޭގެ ޕުރެސަރު ދަށްކޮއްދެއެވެ. އަދި މީގެ އިތުރުންވެސް ހަމުގެ ބަލިތަކަށްވެސް މިއީ ބޭނުންކުރެވޭ ހާބްސް އެކެވެ.
ދުނިޔޭގެ ބާޒާރުގައި ތައިމް އެންމެ ގިނައިން ހައްދަނީ ސައުތު އެފްރިކާގެ ގައުމުތަކުގައެވެ. އަދި އެގައުމުތަކުން ތައިމްގެ ތެޔޮ އަދި ހިއްކާފަ ހުންނަ ތައިމް އެކްސްޕޯޓް ވެސް ކުރެއެވެ.