ގއ. ވިލިނގިލީގެ 15 މަގެއްގައި ތާރުއަޅަން ފަށައިފި

ގއ. ވިލިގިނލީގެ 15 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގއ. ވިލިނގިލީގެ 15 މަގެއްގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ހެނދުނު 10 ޖެހި އިރު ފަށާފައިވާ ކަމަށެވެ.

ވިލިގިނލި ކައުންސިލު މެންބަރު ފަތުހީ މޫސާ ވިދާޅުވީ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކޮންމެ 2 ދުވަހަކުން މަގެއް ހަދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތާއިމެދު ރަށުގެ ރައްޔިތުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ވިލިނގިއްޔަކީ ގާތްގަޑަކަށް 2546މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ފަތުހީ ރައްޔިތުން ހިންހަމަނުޖެހޭ!! ފެން ކޮބާ!! ފެން ހޮޅިތައް ނާޅާ ތާރުއެޅީމަ ވާނީ ކޯއްޗަކައްތަ!! ތިކަހަލަ ފުޅިމަދުއުގުރި ކައުންސިލަރުން، ރައްޔިތުން ހަލާކު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *