ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ ތަފާތު ސަރަހައްދަކުން ތަފާތު ރެސްޓޯރެންޓެކެވެ. މި ސެގްމެންޓް މިއަދު މި ހާއްސަ ކޮށްލަނީ ލ އަތޮޅަށެވެ. ލ އަތޮޅު ފޮނަދޫގައި ހުންނަ ޕިޒްކާ ރެސްޓޯރެންޓަށެވެ.
ފޮނަދޫގެ ހިތްފަސޭހަ މާހައުލެއްގައި ހުންނަ މި ރެސްޓޯރެންޓަކީ ލ އަތޮޅުގެ ރައްޔިތުންގެ މެދުގައި މަގްބޫލު ރެސްޓޯރެންޓެއްކަން ފާހަގަކޮށްލެވެ އެވެ.
ޕިޒްކާއިން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަ ރޯދަ ވީއްލުމުގެ މެނޫއެއް އާއްމުކޮށްފައިވާއިރު ރޯދަވީއްލުމެއްގެ އަގަކީ 150 ރުފިޔާ އެވެ.
މެނޫއަށް ބަލާލާއިރު ހަފްތާގެ ކޮންމެ ދުވަހަކަށް މެނޫއެއް ހާއްސަ ކޮށްފައި ވެ އެވެ. މެނޫގައިވާ އައިޓަމްސް ތަކަށް ބަލާލާއިރު މެއިން ޑިޝްގެ ގޮތުގައި ޗިކަން ކަޑައި، ކަންކުން ޗިކަން، ޗިލީ ފިޝް، ޑެވިލްޑް ފިޝް އަދި ސްޕަގެޓީ ހިމެނެ އެވެ. މެނޫގައި ހިމަނާފައިވާ ހެދިކާތަކަށް ބަލާލާއިރު މަސްރޮށި، ގުޅަ، ބަޖިޔާ، ކީމިޔާ އަދިވެސް އިތުރު ހެދިކާގެ ވައްތަރުތައް ހިމަނާފައި ވެ އެވެ. ބުއިންތަކަށް ބަލާލާއިރު ކުރުނބާފަނި ކަރާފަނި އަދި އޮރެންޖް ފަންޏާއި އިތުރު ބުއިންތައް ހިމެނެ އެވެ.
ޕިކްޒާ ހޮޓްލައިން: 9148338
މި އާޓިކަލް ޝެއާކޮށްގެން ހިލޭ ރޯދައްވީއްލުމުގެ ފުރުސަތު ތިބާ އަށް އެބައޮތެވެ. ޝެއާކުރާއިރު ދުވަސް ގައިޑް ލައިންސް އާއި އެއްގޮތަށް ކުރުމަށް އެދެމެވެ.
ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި އަތޮޅުތެރޭގެ ރެސްޓޯރެންޓް ތަކަށް ވަނީ ހުޅުވާލެވިފަ އެވެ.