ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ގެސްޓްހައުސް މާލެ އަތޮޅު ދިއްފުށީގައި އަޅަން ފަށައިފިއެވެ.
ގަތަރު ކުންފުންޏަކުން އަޅާ މި ގެސްޓްހައުސް އާބެހޭގޮތުން ދިއްފުށީ ކައުންސިލުން ބުނީ ޤަތަރުގެ ކުންފުންޏަކުން 10 ބުރީގެ މި ގެސްޓްހައުސް އަޅަނީ އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ އަމިއްލަ މީހެއްގެ ގޯއްޗެއްގައި ކަމަށެވެ. އަދި ގޮނޑުދޮށާ ގާތްގަނޑަކަށް 25 ފޫޓު ދުރުގައި އޮންނަ އެ ބިން ގަތަރު ކުންފުންޏަށް ދީފައިވަނީ އެ ތަން ކުއްޔަށް ނަގާފައިވާ މާލޭ ކުންފުންޏަކުން ކަމަށެވެ.
އެ ކައުންސިލުން ބުނީ ގެސްޓްހައުސް އެޅުމުގެ މަސައްކަތް މީގެ ދެތިން ދުވަސް ކުރިން ފަށާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ތަނަށް ސާމާނު ޖަމާކުރުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށެވެ.
އެރަށުގައި މިހާރުވެސް 7 ގެސްޓުހައުސް ހުރި އިރު، އެ ހުރިހާ ތަނެއް ވެސް އޮންނަނީ އަބަދު ކަހަލަގޮތަކަށް ފުލްވެފައި ކަމަށާއި އެެހންކަމުން އަލަށް ހަދާ ގެސްޓް ހައުސްގެ ބޭނުން ކުރަން ފެށުމުން އެރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ދިއްފުށީ ކައުންސިލުން ބުނެއެވެ.
ގެސްޓްހައުސްތަކާ ބެހޭ ގަވާއިދު ބުނާ ގޮތުން އެންމެ މަދުވެގެން ތިން ކޮޓަރި އަދި 6 އެނދު ހުންނަން ޖެހޭ އިރު، ގިނަވެގެން ވަކި ވަރެއް ކަނޑައަޅާފައި ނުވިޔަސް، މަދުވެގެން 25 ކޮޓަރި އަދި 50 އެނދު ހުންނަ ތަންތަން ހޮޓަލުގެ ގޮތުގައި ހިންގޭނެ އެވެ. .
ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުގައި ޢާންމުކޮށް ހުންނަނީ 10 ވަރަކަށް ކޮޓަރި އެވެ. އެހެންވެ، ދިއްފުށީގައި ހަދަން ފަށާފައިވާ މި ތަނަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު ގެސްޓްހައުސްއަށް ވެގެންދާނެއެވެ.
2 Responses
Adhi vaanuvaa neynge dhuvas news meehunnah. . See maafushi
Rashu tharahgee ey nukiyaa.. thikameh misarukaarakun nukuraane.. guest house thakun dhakkaa laari thakun male tharahgee kuraanee.. mi mikan mihaathanah vefa huri goi.