ރޭގެ މެޗުން ޓީމް ޕްރިޔަންކާ ބަލިވިނަމަވެސް، ޕްރިޔަންކާގެ ފަރާތުން ލިބުނީ ފަހުރެއް !

ކޮންމެ އަހަރެއްގެ ރަމަޟާން މަހު މޯލްޑިވްސް ފިލްމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފިލްމީ ތަރިންގެ މެދުގައި ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތުގެ އަންހެން ތަރިންގެ އެކުވެރި ކަމުގެ މެޗް ރޭ ކުޅެފައިވާއިރު ހަތަރު ލަނޑު އެއްލަނޑުން މޮޅުވީ ޓީމް އޯސަމް އެވެ.

ރޭގެ މެޗުން މޮޅުވި ޓީމް އޯސަމް - ފޭސްބުކް ފޮޓޯ: ޝާ ލައްޒަ
ރޭގެ މެޗުން މޮޅުވި ޓީމް އޯސަމް – ފޭސްބުކް ފޮޓޯ: ޝާ ލައްޒަ

ނަމަވެސް ބަލިވި ޓީމް، ޓީމް ޕްރިޔަންކާ އަށް ލިބުނީ ތަފާތު ޝަރަފަކާއި ފަހުރެކެވެ. އެއީ ބޮލީވުޑް މެގަ ސްޓާރ ޕްރިޔަންކާ ޗޯޕްރާ، ސުނީތާގެ ފޮޓޯތައް ޓެގްކޮށް ސުނީއަށް ޝުކުރު އަދާކޮށް ސުނީއާމެދު ފަހުރުވެރިވާކަމަށް ބުނެ ޓްވީޓް ކުރުމުންނެވެ. 41 މިލިޔަނަށްވުރެ ގިނަ ފޮލޯވާސް ހިމެނޭ ޕްރިޔަންކާގެ ރަސްމީ އެކައުންޓުން ޓެގްކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި ރޭގެ މެޗްގައި ކުޅުނު ޓީމް ޕްރިޔަންކާގެ މެމްބަރުންގެ ފޮޓޯތައް ހިމެނޭ ކަމަށެވެ.

ރޭގެ މެޗާއި ބެހޭގޮތުންނާއި އަދި ޕްރިޔަންކާގެ ޓްވީޓާއި ބެހޭގޮތުން ޓީމް ޕްރިޔަންކާގެ މެނޭޖަރު އަދި ކެޕްޓަން އަދި ޕްރިޔަންކާގެ ދިވެހި ސުޕަ ފޭން ސުނީތާ އަލީ ބުނީ ރޭގެ މެޗުން ބަލިވި ނަމަވެސް ޕްރިޔަންކާގެ ފަރާތުން ޝުކުރާއި ތައުރީފް ލިބުމަކީ ”ވިން“ އެއް ކަމަށެވެ.

2

ސުނީތާ އިތުރަށް ބުނީ ރޭގެ މެޗުން ބަލިވި ނަމަވެސް ކުޅުންތެރިންގެ ކިބައިން ފެނުނީ މޮޅު ކުޅުމެއް ކަމަށާއި ފުޓްބޯޅައަކީ ގޭމެއް ކަމަށްވާއިރު މޮޅުވާނީ އެއް ޓީމް ކަމަށާއި ބަލިވުމަކީ މޮޅުވުމަށް ލިބޭ ހިތްވަރެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ޓީމްގެ ކުޅުންތެރިންނާއި ކޯޗާއި ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް ހައްގުވާކަމަށްވެސް ސުނީތާ ބުންޏެވެ.

1466531287010_lc_galleryImage_Northern_Ireland_s_goalke

ސުނީ އަކީ ހިތްވަރުގަދަ އަންހެނެއްކަން ސުނީގެ ސަޕޯޓަރުން ގަބޫލު ކުރެ އެވެ. އޭނާ ބޭނުންކަމެއް ކުރާނެ ކަން މިހާރުވެސްވަނީ ސާބިތުކޮށްދީފައިކަން ސަޕޯޓަރުން ފާހަގަ ކުރެ އެވެ. ސުނީ ބުނާގޮތުގައި އަމިއްލަ މަސައްކަތުން ކުރިއެރުން ހޯދުމަކީ އޭނާ އަބަދުވެސް ބޭނުންވާ ގޮތް ކަމަށާއި މިފަހަރުވެސް މި ލިބުނީ ކާމީޔާބީއެއް ކަމަށް ސުނީ ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *