ދުވަހުގެ ރެސްޓޯރެންޓްގެ ގޮތުގައި މިއަދު މި ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓެއް ކަމަށްވާ ރަވިންސް ކިޗަން އެންޑް ކެފޭ އެވެ.
2013 ވަނަ އަހަރުގެ މެއި މަހު ހުޅުމާލޭގައި ހުޅުވުނު މި ރެސްޓޯރެންޓަކީ ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ވަރަށް ކަމުދާނެ މާހައުލެކެވެ.
ރަވިންސްގެ ރޯދަމެނޫއަށް ނަޒަރު ހިންގާލާއިރު މެއިންކޯސްގެ ގޮތުގައި ފެންފޮޅި، ނާން، ވެޖްޓަބަލް ރައިސް، ވައިޓްރައިސް މަސްހުނި، ފިޝްމަސާލާ، ޗިކަން ޓީކާ، ބަޓަރ ޗިކަން އަދި ޕާސްތާ ހިމެނެ އެވެ. ހެދިކާގެ އިތުރުން ތަފާތު ބުއިންތައް މެނޫގައި ހިމަނާފައިވާއިރު ރަވިންސް ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 196 ރުފިޔާ އެވެ.
ރަވިންސް ހޮޓްލައިން: 7584309
މި އާޓިކަލް ޝެއާކޮށްގެން ހިލޭ ރޯދައްވީއްލުމުގެ ފުރުސަތު ތިބާ އަށް އެބައޮތެވެ. ޝެއާކުރާއިރު ދުވަސް ގައިޑް ލައިންސް އާއި އެއްގޮތަށް ކުރުމަށް އެދެމެވެ.
ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި އަތޮޅުތެރޭގެ ރެސްޓޯރެންޓް ތަކަށް ވަނީ ހުޅުވާލެވިފަ އެވެ.