ހުޅުދެލީ ކައުންސިލުގެ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެޗްބީ ޓީމު ހޯދައިފި

ދ. އަތޮޅު ހުޅުދެލީ ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެޗްބީ ޓީމު ހޯދައިފިއެވެ.

އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗުގައި އެއްކަލަ ޓީމާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. ތިން ޓީމު ވާދަ ކުރި މި މުބާރާތަކީ އެރަށުގައި ވޮލީގެ ފޯރި ގަދަކޮށް، ވޮލީގެ ހުނަރު އިތުރު ކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ.

މި މަހުގެ 17އިން 20އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް =/3000ރުފިޔާ އަދި ރަނަރ-އަޕް ޓީމަށް =/1000 ރުފިޔާ ދީފައިވާ އިރު، މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްބީ ޓީމުގެ އަޙްމަދު ޢަޒީމްއެވެ.

ފައިނަލް މެޗު ނިމުމުން އެކި ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި ތަށި ވަނީ ޙަވާލު ކޮށްފައެވެ. މި އަހަރުގެ މުބާރާތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށް އެ ކައުންސިލުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *