ބައްޕައިންގެ ދުވަހު 11 ދަރިން ވެގެން ބައްޕައަކު އުފަލުން ރޮއްވާލިގޮތުގެ ވާހަކަ !

މިއީ މި މަހުގެ 15ވަނަ ދުވަސްކަމުގައިވާ ބައިނަލްއަގުވާމީ ބައްޕައިންގެ ދުވަހު މެލޭޝިޔާގެ ބައްޕައަކަށް ލިބުނު ހަދިޔާއެއްގެ ވާހަކައެވެ.

މި ހަދިޔާ އެ ދަރިންގެ ފަރާތުން ބައްޕައަށް ލިބިގެންދާ ވީޑިއޯ ޓިކްޓޮކްގައި ވައިރަލްވެ 10 މިލިޔަނަށްވުރެ ގިނަ ވިއުސް މިހާތަނަށް ލިބިފައިވެއެވެ.

ވީޑިއޯއިން ފެންނަނީ ބައްޕައަކަށް ސަޕްރައިޒެއްގެ ގޮތުގައި އައު އެސްޔޫވީ ކާރެއް ދަރިންގެ ފަރާތުން ހަދިޔާ ކުރާ އަސަރުގަދަ މަންޒަރުތަކެވެ. އެ ބައްޕަ އުފަލުން ފޮޅި އުފަލުން ރޮވޭ މަންޒަރެވެ.

ޓިކްޓޮކްގައި އެ ވީޑިއޯ އަޕްލޯޑުކުރި އެ ބައްޕަގެ އެއް ދަރިއަކު ބުނެފައިވަނީ އެއީ 11 ދަރިންގެ ފަރާތުން ބައްޕައަށް ދިން ބައްޕައިންގެ ދުވަހުގެ ހަދިޔާ ކަމަށެވެ.

@zerul23

Hadiah Dari Kami 11 Beradik Yang Tumbuh Membesar Oleh Tanganmu ABAH&Ma. Sempena Hari Bapa Untukmu ’ABAH‘ dan Anniversarry ke-38 Tahun Bersama ’IBU‘ Yang Dicintai.

♬ original sound – azzerruleyoung – azzerruleyoung

މެލޭޝިޔާގެ ނޫހަކަށް މަޢުލޫމާތުދެމުން އެ ޢާއިލާ މެންބަރަކު ބުނެފައިވަނީ އެ ބައްޕަ އެ 11 ދަރިންނާއި ޢާއިލީ ޒިންމާތައް އުފުލިއިރު ސަވާރީއަކީ ހަމައެކަނި ސައިކަލެއް ކަމަށާއި ބައްޕައިންގެ ދުވަހު ކާރެއް ހަދިޔާކުރަން ނިންމީ ބައްޕަގެ އަގުވަޒަންކޮށް ދަރީންގެ ފަރާތުން ހަދިޔާއެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *