ޝާހުރުކުޚާން އަމީތާބު އާ އަރާ ހަމަކުރަނީ

ސެލެބްރިޓީން ގެ ދިރިއުޅުން ހުންނަ ގޮތް ބަލާ އެމީހުން ދާހާތަނެއް، ކުރާހާކަމެއް، އެނގެން ބޭނުންވާ އެތައްލައްކަ އެތައް މިލިޔަން ފޭނުންނެއް ކޮންމެ ސެލެބްރިޓީއެއްގެ ވެސް ތިބޭނެއެވެ. ސެލެބްރިޓީން އުޅޭ ނޫޅޭ ގޮތް ބެލުމަށްޓަކައި އެމީހުންގެ ފޭނުން ސޯޝަލް މީޑިޔާ މެދުވެރިކޮށް އެމީހުން ފޮލޯކުރަމުންދެއެވެ.

އެގޮތުން އެމީހުންގެ ފޮލޯވަރސްގެ އަދަދު މިލިޔަނަށް އަރައެވެ. ބޮލީވުޑް އިންޑަސްޓްރީއަށް ބަލާލާއިރު އެންމެ ގިނަ ފޮލޯވަރސް ތިބީ ބޮލީވުޑްގެ މެގަރ ސްޓަރ އަމީތާބް ބަޗަންގެއެވެ. ޓްވިޓަރގައި އަމީތާބްގެ ފޮލޯވަރސް މިލިޔަނުން އުޅޭއިރު ބޮލީވުޑްގެ ސުޕަރ ސްޓަރ ޝާހުރުކުޚާން އަންނަނީ މިހާރު ޓްވިޓަރ ފޮލޯވަރސްގައި އަމީތާބު އާ އަރާހަމަކުރަމުންނެވެ.

ޓްވިޓަރ ގައި އަމީތާބް ބަޗަން ފޮލޯކުރާ މީހުންގެ އަދަދަކީ 21.3 މިލިޔަނެވެ. ޝާހުރުކުޚާން ފޮލޯ ކުރާމީހުންގެ އަދަދު މިވަނީ 20 މިލިޔަނަށް އަރާފައެވެ. ޓްވިޓަރ އިން ޝާހު ފޮލޯކުރާ މީހުންގެ އަދަދު 20 މިލިޔަނަށް އެރުމާއެކު ޝާހުއަށް ގިނަ ބަޔަކު އަންނަނީ މަރުޚަބާ ކިޔަމުންނެވެ. އަދި ހޭޝްޓެގް އެސް.އާރު.ކޭ20މިލިޔަން ވަނީ ޓްވިޓަރ ގައި ޓްރެންޑްވެފައެވެ. ޝާހުއަށްފަހުގައި ދެން އެންމެ ގިނަ ބަޔަކު ޓްވިޓަރ އިން ފޮލޯކުރާ ބޮލީވުޑް ސްޓަރ އަކީ ސަލްމާން ޚާން އެވެ. އެއީ 18 މިލިޔަނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *