އަންހެން ތަރިންގެ ފުޓްބޯޅަމެޗް މިރޭ – ބައްދަލުކުރަނީ ޓީމް ޕްރިޔަންކާ އަދި ޓީމް އޯސަމް

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ފިލްމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދިވެހި ފިލްމީ ފިރިހެން ތަރިންގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗާއި އަންހެންތަރިންގެ ދެޓީމެއް އެކުލަވާލައި ކުޅޭ އެކުވެރިކަމުގެ މެޗް މިރޭ އޮންނާނެ ކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ ފޯރިގަދަ ހަރަކާތްތަކަކާއެކު ފިރިހެން ފައިނަލް އަދި އަންހެން އެކުވެރިކަމުގެ މެޗް މިރޭ ކުރިއަށްދާނެ ކަމަށެވެ.

ޓީމް ޕްރިޔަންކާގެ މެނޭޖަރ އަދި ކެޕްޓަން ސުނީތާ އަލީ
ޓީމް ޕްރިޔަންކާގެ މެނޭޖަރ އަދި ކެޕްޓަން ސުނީތާ އަލީ

”މެޗްތައް ކުރިއަށްދާނީ ޓާފް ދަނޑާ ޖެހިގެން ވިލީފުލުހާ ދިމާގަ އޮންނަ ދަނޑުގައި، ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ 8:45ގަ، މެޗްތައް ފައްޓާނީ 9:15ގަ“ މުހައްމާ ވިދާޅުވި އެވެ.

ޓީމް އޯސަމްގެ ކުޅުންތެރިން -- ފޭސްބުކްފޮޓޯ: ސްޓެޕްސް އައްޔަ
ޓީމް އޯސަމްގެ ކުޅުންތެރިން — ފޭސްބުކްފޮޓޯ: ސްޓެޕްސް އައްޔަ
ޓީމް އޯސަމްގެ ކުޅުންތެރިން -- ފޭސްބުކްފޮޓޯ: ސްޓެޕްސް އައްޔަ
ޓީމް އޯސަމްގެ ކުޅުންތެރިން — ފޭސްބުކްފޮޓޯ: ސްޓެޕްސް އައްޔަ

މުހައްމާ އިތުރަށް ވިދާޅުވީ މިރޭ އަންހެންވެރީންގެ މެޗަކީ ފޯރިގަދަ މެޗަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ވާދަކުރާ ދެ ޓީމަކީ ޓީމް ޕްރިޔަންކާ އަދި ޓީމް އޯސަމް ކަމަށެވެ.

13494967_1099740550087227_8745467189609397865_n (1)

ޓީމް ޕްރިޔަންކާއަކީ ސުނީތާގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ޓީމެއް ކަމަށާއި އަދި ޓީމް އޯސަމް އަކީ ސައީދުގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ޓީމެއް ކަމަށް މުހައްމާ ވިދާޅުވި އެވެ.

ޓީމް ޕްރިޔަންކާގެ ނަމުގައި ސުނީގެ ޓީމް މިރޭ ކުޅެން ނިކުންނަ އިރު ޕްރިޔަންކާގެ ޓްވިޓާ ޓީމް (ޓީމް ޕްރިޔަންކާ) އިން ވަނީ ސުނީއަށް ކާމިޔާބީއަށް އެދިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. Mee kon channel akun genesdhey Match thakehtho. Habaruvs liyanee amaa buneethee farah dhaa usoolun viyya. Mee kon channel akin genesdhey Match thakeh man angaaladhiniyaa vrh Shukuriyyaa ????

  2. Thi varah balan foarihuriyaa film association ah ghulhaafa dahkanee kon channel akun thow balanee nu amaa

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *