މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފި

މާލޭގައި މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ 08:35 ހާއިރު ސަބުދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލަދީ ޒަޚަމްކޮށްލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

”ޒަޚަމްވެފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް“ ފުލުހުން ބުނެފައިވެއެވެ.

މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނޫންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ އެ މީހާއަށް ފަރުވާއެއް ދިންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *