ސާހިބުމީހާ މައާފް ދިނުމުން އިސްލާމްދީން ގަބޫލުކުރި ފިލިޕިންސްގެ އަންހެންމީހާ --
ސާހިބުމީހާ މައާފް ދިނުމުން އިސްލާމްދީން ގަބޫލުކުރި ފިލިޕިންސްގެ އަންހެންމީހާ --

މި ރޯދަ މަހު، ސާހިބުމީހާ މައާފް ދިނުމުން ނޯކަރަކު އިސްލާމްދީން ގަބޫލުކޮށްފި !

މިއީ މި ހިނގާ ރަމަޟާން މަހުގެ ތެރޭގައި ސައުދީއަރަބިއްޔާގެ ރަށެއް ކަމަށްވާ އުނައިޒާގައި ހިނގި ކަމެކެވެ.

ސައުދީ ގެއެއްގައި ނޯކިރީކުރަން އުޅުނު ފިލިޕިންސް އަންހެނަކު އޭނާގެ ސާހިބުމީހާގެ އަމިއްލަ ގެއިން ވައްކަންކުރާކަމަށްބުނެ އަބުރު ގެއްލޭފަދަ ވާހަކަތަކެއް ދެއްކުމުން އެ އެ ނޯކަރުގެ މައްސަލަ ގޭގެ ވެރިފަރާތުން ސައުދީ ފުލުހުންނަށް ހުށަހެޅި އެވެ. އަދި އެ ތުހުމަތުގައި އެ ނޯކަރު މީހާ ހައްޔަރުވެސް ކުރި މެ އެވެ.

ނަމަވެސް އެ ނޯކަރުގެ ސާހިބުމީހާ ފަހުން ފުލުސް އޮފީހަށް ގޮސް ނޯކަރާ ދެކޮޅަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް އޭނާ ގޮވައިގެން ގެއަށް ދިޔަކަމަށް ސައުދީ ނޫސްތަކުގައި ބުނެފައި ވެ އެވެ.

”ދައުވާ އަނބުރާ ގެންދިއުމަށްފަހު އޭނާ އަހަރެންގެ ގެއަށް ގެންދިޔައިން، އިސްލާމް ވާން ނިންމީ އޭނާ އަމިއްލައަށް. މިހާރު ރޯދަވެސް ހިފާ، ރޯދަ ވީއްލަނީ އަހަރުމެންނާ އެކު“ ސައުދީ ނޫސްތަކަށް މައުލޫމާތު ދެމުން ސާހިބުމީހާ ބުނެފައި ވެ އެވެ.

ސައުދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިން އެ އަންހެންމީހާގެ ނަމަކީ ކަޓްރީނާ އެވެ. ނަމަވެސް އިސްލާމްދީން ގަބޫލު ކުރުމަށްފަހު އެ އަންހެންމީހާ ވަނީ އޭނާގެ ނަން ޖައުރީއަށް ބަދަލުކޮށްފަ އެވެ. ޖައުރީ ބުނެފައިވާގޮތުން އޭނާ އިސްލާމްދީން ގަބޫލުކުރީ ސާހިބުމީހާ މައާފްކޮށް އޭނައާމެދު ކަންތައް ކުރިގޮތް ރަނގަޅުކަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *