ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ އަތުމީރު ބްރޭންޑުގެ ހަވާދުގެ ބާވަތްތައް ބާޒާރުން ނެގުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން ބުނީ އަތުމީރު ބްރޭންޑުގެ ހަވާދުގެ ބާވަތްތައް އުފައްދާ ތަނަކީ ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް އެކަށީގެންވާ ތަނެއްނޫން ކަމަށް އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންވެ، މިހާރު ބާޒާރުގައި ހުރި އެ ބްރޭންޑުގެ ހަވާދުގެ ބާވަތްތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. އަދި މި ބްރޭންޑުގެ އުފެއްދުންތަކުގެ ރައްކާތެރިކަން އެ އޮތޯރިޓީއަށް ކަށަވަރުކޮށް އަންގަންދެން އެ ބާވަތްތައް ބޭނުން ނުކުރުމަށްވެސް ވަނީ އަންގާފައެވެ.