ނިހާ ޝަރްމާ ރާއްޖޭގައި

ބޮލީވުޑް ބަތޮލާ އަދި މޮޑެލް، ނިހާ ޝަރްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓުން އެނގޭގޮތުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ބެގްލިއޯނީ މޯލްޑިވްސް ރިސޯޓުގައެވެ. ރާއްޖެ އައި ކަމަށް ބެލެވެނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އުމުރުން މިހާރު 37 އަހަރުގެ ނިހާ ޝަރްމާ އެންމެ ފުރަތަމަ ކުޅުނު ހިންދީ ފިލްމަކީ 2009 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމެއް ކަމުގައިވާ ފިލްމު ”ކްރޫކް“ އެވެ.

ނިހާ ކުޅެފައިވާ ބައެއް މަޝްހޫރު ފިލްމުތަކަށް ބަލައިލާއިރު 2013 ވަނަ އަހަރު ރިލީޒްކުރި ”ޔަމްލާ ޕަބްލާ ދީވާނާ 2″، 2016 ވަނަ އަހަރު ރިލީޒްކުރި ”ތުމް ބިން 2“ މިދިޔަ އަހަރު ރިލީޒްކުރި ”ބޭޑް ނިއުޒް“ ހިމެނެއެވެ.

ނިހާ މިހާރު ކުޅެމުން އަންނަ އެއް ފިލްމަކީ އަޖޭ ދޭވްގަން އާއި އާރް މާދަވަން އަދި ރަކުލް ޕްރީތު ސިންގްއާއެކު ފެނިގެންދާނެ ފިލްމު ”ދޭ ދޭ ޕްޔާރް ދޭ 2“ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *