ގޭގައި ނުވަތަ އޮފީހުގައި ކުއްލިއަކަށް ކަތުރުފަނި، ބެޑުބަގު، ކުރަފި، މީދާ ފެނިއްޖެނަމަ، އަޅުގަނޑުމެންގެ ހިތަށް އަރާނީ ކިހިނެއް ހެދޭނެ ބާވައެވެ؟
މިފަދަ ވަގުތުތަކުގައި ޕެސްޓް ކޮންޓްރޯލްގެ މުހިންމުކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިހުސާސްވެއެވެ.
ޕެސްޓް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އޭގެ ނޭދެވޭ އަސަރުން، އެތަނެއްގައި އުޅެން އުނދަގޫވާ ހާލަތު މެދުވެރިވެއެވެ. މިސާލަކަށް، މަދިރިން ޑެންގީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުމާއި، ހުވަނިންވަނިން ކާބޯތަކެތި ހަލާކުވުމާއި، އަދި ބެޑުބަގު، ކަތުރުފަނީގެ ސަބަބުން ގޭގެ ފަރުނީޗަރު ހަލާކުވުން ހިމެނެއެވެ. މީގެ އިތުރުން، މިފަދަ ތަކެތި ގިނަވުމުން ދިރިއުޅުމުގެ ފެންވަރު ދަށްވެ، ނަފްސާނީ ގޮތުން ވެސް އުނދަގޫތަކެއް ކުރިމަތިވެއެވެ.
އެހެންކަމުން، ޕެސްޓް ކޮންޓްރޯލްގެ މުހިންމުކަން ވަރަށް ބޮޑެވެ. މިކަމަށް ސަމާލުކަން ދިނުމުން، އަޅުގަނޑުމެންގެ ދިރިއުޅުން އުފާވެރި، ދުޅަހެޔޮ އަދި ސާފުތާހިރު ވެގެންދާނެއެވެ. އަދި ޞިއްޙީ ގޮތުން ރައްކާތެރި މާޙައުލެއްގައި ދިރިއުޅެވޭނެއެވެ.
ދެން އޮތީ ކަމުގެ ހައްލަކާއިމެދު ވިސްނާލުމެވެ.
ކަމުގެ ތަޖުރިބާއާއެކު މާލެ ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ޕެސްޓް ކޮންޓްރޯލްގެ ޚިދުމަތް ދެމުން އަންނަ ”ޓްރަސްޓް ޕްލޭސް“ ޕެސްޓް ކޮންޓްރޯލް ސާވިސް އަކީ ފުރިހަމަ ހައްލަކަށް ވެގެންދާނެއެވެ.
ކަތުރު ފަނި، ބެޑް ބަގް، ކުރަފި އަދި މީދާ ނައްތާލުމުގެ ޚިދުމަތް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ރަށްރަށަށްވެސް ޓްރަސްޓް ޕްލޭސް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ޓްރަސްޓް ޕްލޭސްގެ ހޮޓްލައިން ނަމްބަރު 7336020 އަށް ގުޅާލުމުން ނުވަތަ ވަޓްސްއެޕް މެސެޖެއް ކޮށްލުމުން ހައްލު ލިބިގެންދާނެކަމުގެ ޔަޤީންކަން ޓްރަސްޓް ޕްލޭސް އިން އަރުވައެވެ.