ވަގެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅައިފި

ކ. މާފުށީގައި ފިހާރައަކުން ވައްކަންކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާލައިފިއެވެ.

ސޯޝަލް މީޑިއާގައި މިކަމާއި ގުޅޭ ވީޑިއޯތައް ދައުރުވަމުން އަންނައިރު އެމީހާގެ ބޮލަށް ކުލަ ފާޓާ އޮއްސާލާ މަންޒަރާއި ފަހުން އެމީހާ މޫދަށް ގޮސް ކުލަ ފިލުވަން އުޅޭ މަންޒަރާއި އަދި ފަހުން އެ މީހާ ފުލުހުންގެބެލުމުގެ ދަށަށް ގެންދާތަން ފެނެއެވެ.

މިކަމުގައި ފުލުހުންގެ ރަސްމީ ބަހެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އެނގިފައިވެއެވެ. އަދި އެމީހާ ފިހާރަކުން ވަގަށް ނެގީ ކޮފީ ދަޅުތަކެއް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ކޮބާ ވަށްކަން ކުރި މީހާ އަށް އަނިޔާވެރި ވި މީހާ އޭނާ ވެސް އެބަ ޖެހޭ ގާނޫނީ އިމުގެ ތެރެއިން ހައްޔަރު ކޮށްފައި ފިޔަވަޅު އަޅަން
    ވަށްކަން ކުރުމުން އިސްލާމް ދީނުގައި އޮންނަ ގޮތަށް ހުކުން ތަންފީޒް ކުރުމަށް ގޮވާލަން

  2. ވަކި އިޒްރޭލް ކިޔާނެކަމެއްނެތް މީދެން ބޮޑުވަރު އާއްމު ރައްޔިތުން ނިކުމެ މީހާ ވައްކަން ކުރީމަ އަދަބު ދެންޏާ ކީއްކުރާ ޕޮލިހުނެތް ތިބޭނެ ޕުލުހުން އެމީހުން ހަދާނެ އެއްޗެއް ހަދާނެ އާއްމުން ނުޖެހޭ އަނިޔާ ކުރާކައް މީވެސް ވަރައް ވާހަކަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *