ރުޅިއަކީ ހަމަ ކޮންމެ އިންސާނެއްގެ ގައިގަވެސް ހުންނަ އާދައިގެ އިހްސާސެކެވެ. ނަމަވެސް ތިމާގެ ކޮންޓްރޯލްގެ ދަށުން ރުޅި ނެއްޓޭ ހިސާބުން އެ ރުޅިއަކީ ތިމާގެ ހަޔާތުގެ އެންމެ ބޮޑު މައްސަލަޔަށް ބަދަލުވެއެވެ. އަދި އެ ރުޅީގެ ސަބަބުން ތިމާގެ ހުރިހާ ހަމަޖެހުމެއް ގެއްލުވާލާ، ހަޔާތް އެފުށް މިފުށަށް ޖަހާލައެވެ. އެހެންކަމުން ރުޅި އަންނަ ހިނދު ރުޅި ކޮންޓްރޯލް ކުރަން ދަސްކުރުމަކީ މުހިއްމު ކަމެކެވެ.
ރުޅި އަންނަ ހިނދު އެކަމުގެ މައްޗަށް ބާރުފޯރުވާށެވެ. ރުޅި ތިމާގެ ކޮންޓްރޯލް ނެގުމުގެ ކުރިން ތިމާ ރުޅީގެ ކޮންޓްރޯލް ނަގާށެވެ. ރުޅި ތިމާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލުމުގެ ކުރިން ތިމާ ރުޅި ހަލާކުކޮށްލާށެވެ.
ރުޅި ކޮންޓްރޯލް ކުރާނީ ކިހިނެއް؟
ރުޅި އަންނަ ސަބަބުތައް ދެނެގަންނާށެވެ.
ރުޅި އަންނަ ސަބަބުތައް ދެނެގަންނާށެވެ. އަދި އެކަންކަން ދިމާވުމުގެ ކުރިން އަމިއްލަ ނަފްސާއި މެދު ފިޔަވަޅު އަޅާ އެ ސަބަބުތައް ހުއްޓުވާށެވެ.
ޒުވާބު ކުރުމާ ބަހުސްކުރުންތަކުން އެއްފަރާތްވާށެވެ.
ޒުވާބު ކުރުމާއި ބަހުސްކުރުންފަދަ ކަންކަމުން އެއްފަރާތް ވާށެވެ. އެހެނީ އެފަދަ ކަންކަމުން ކާމިޔާބު ހޯދުމަށް ނުވަތަ އަނެކާއަށްވުރެ ކުރިއަރައިގެން ދިޔުމުގެ ނިޔަތުގައި ޒުވާބު ކުރާނަމަ ނުވަތަ ބަހުސްކުރާނަމަ، ގިނަ ފަހަރު ރުޅި ތިމާގެ ކޮންޓްރޯލުން ނެއްޓި ދުލުން ބޭރުކުރަން ނުޖެހޭ ބަސްތަކެއް ބޭރުވެގެން ދެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ކިޔުނު އެއްޗިއްސާމެދު ފަހުން ދެރަވެ ހިތާމަކޮށް އަނެކާ ކައިރިން މަޢާފަށް އެދެން ޖެހޭ ހާލަތު އާދެއެވެ.
ތިމާގެ ހަމަޖެހުން ނަގާލާ މީހާއާއި މެދު ސަމާލުވާށެވެ.
ތިމާގެ ހަމަޖެހުން ނަގާލާ މީހާއާއިމެދު ސަމާލު ވާށެވެ. އެފަދަ މީހުން ދައްކާ ވާހަކައަށް ސަމާލުކަން ނުދީ އެވާހަކަތަކުން ސަލާމަތް ވެވޭތޯ ބަލާށެވެ. އެހެނީ އެފަދަ މީހުން ދައްކާނީ ތިމާގެ ހަމަޖެހުން ނަގާލާ ތިމާ ރުޅިގަދަވާ ޒާތުގެ ވާހަކައެވެ. އެހެންކަމުން ތިމާގެ ހަމަޖެހުން ނަގާލަން ބޭނުން ނުވާނަމަ، އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުން ތިމާގެ ދިރިއުޅުމުން އެއްފަރާތްކުރުމެވެ.
ރުޅިގަދަވާނަމަ އެ މާހައުލެއް ދޫކޮށްލާށެވެ.
ރުޅިގަދަ ވާނަމަ އެ މާހައުލެއް ދޫކޮށް ދާށެވެ. އަދި އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ދޭށެވެ. މިގޮތަށް ކަންތައް ކުރުމުން އަމިއްލަ ނަފްސު ހަމަޔަށް އަޅުވާލުމަށް ފަސޭހަވާނެއެވެ.
ރުޅިގަދަވާ ސަބަބުތަކާ މެދު ރައްޓެއްސަކާއި ވާހަކަ ދައްކާލާށެވެ.
ރުޅިގަދަވާ ސަބަބުތަކާ މެދު ރައްޓެއްސަކާއި ވާހަކަދައްކާލާށެވެ. ގިނަ ފަހަރު ތިމާއަށް މައްސަލައެއް ނޫނޭ ހީވާކަހަލަ ކަންތައްތަކުގައި އޮންނަ މައްސަލަވެސް އަނެކާއާއި ހިއްސާކޮށްލުމުން އެނގިދެއެވެ. އަދި ތިމާގެ ގައިގަ ހުންނަ އެފަދަ ނުރަނގަޅު އާދަތައް ރަނގަޅުކޮށް މައްސަލަ ހައްލު ކުރުމަށް ފުރުސަތު ލިބިގެންދެއެވެ.
One Response
Rulhi aee kasheega hifaafa huri kameh veeyaa Kihineh rangalhu kuraanee?