ބޭނުންވާނެ ތަކެތި
1 ޖޯޑު ފުށް
2 ބިސް
2/1 ދިޔާ ކިރު
2/1 ޖޯޑު ފެން
4/1 ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ބަޓަރު، ދިޔާކޮށްލާފަ
ހައްދަވާނެ ގޮތް
ފުށް އަދި ބިސް އެއްކޮށްލައްވާ.އެއްފަހު ކިރު އަދި ފެން މަދުމަދުން އެއްކުރެވެމުންދާ ވަރަކަށް އަޅުއްވާ.ބަޓަރު އަދި ލޮނު އަޅުއްވާ އެއްކޮށްލައްވާ. ތަތްނުލަވާ ތަވައެއްބޭނުން ކުރައްވައިގެން ތުނިކޮށް ފިހެލައްވާ.
ނޯޓް. ބޭނުންފުޅުވާނަމަ ފޮނިކޮށް ވެސް ހެދިދާނެ. 100ގ ހަކުރު ބޭނުން ކުރައްވައިގެން ފޮނިކުރެވިދާނެ. ހަކުރު ބޭނުން ކުރައްވާނަމަ ފުރަތަމަ ހަކުރު އަދި ބިސް އެއްކޮށްލައްވައިގެން ފައްޓަވާ.އަދި އެއަށްފަހު ފުށް އަޅުއްވާ ކުރިއައްގެންދަވާ. ކުރޭޕްސް، ނުޓެއްލާއާއި އެކީވެސް ކެވިދާނެ.