އޯޝަނިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެއްކަމުގައިވާ ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރިކްޓަރ މިންގަނޑުން 6.9 ގެ މި ބިންހެލުން އައިސްފައިވނީ އެ ޤައުމުގެ ޖަޒީރާ ރަށެއްކަމުގައިވާ ނިއު ބްރިޓަން ސަރަޙައްދަށް، ރާއްޖޭ ގަޑިން ބަލާނަމަ މެންދަމު 01:04 އެހައިކަންހާއިރުގައެވެ.
ބިންހެލުން އައުމާއެކު ސޮލޮމޮން އައިލޭންޑްސް އާއި ޕަޕުއާ ނިއު ގިނީ ސަރަހައްދުގައި އުފެދުނު ރާޅު ބާނިތަކަށް ބަލައި ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް އެ އިންޒާރު މިހާރު ވަނީ ކެންސަލްކޮށްފައެވެ.
ބިންހެލުން އައި ރަށް ކަމުގައިވާ ނިއު ބްރިޓަން އަކީ ފަސް ލައްކައިގެ އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ބިންހެލުމުގެ ސަބަބުން ގެއްލުމެއް ވިކަމުގެ ރިޕޯޓެއް އަދި ބައިނަލްއަގްވާމީ މީޑިއާތަކުން ފެންނާކަށް ނެތެވެ.