މިއީ ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްގެންދިޔަ ސުވާލު ސެޝަނެއްގައި މީހަކު ކުރި ސުވާލަކަށް ދީފައިވާ ޖަވާބެވެ.
ސުވާލަކީ ރަސޫލާ މުހައްމަދު صلى الله عليه وسلم ހުވަފެނުގައި މީހުންނަށް ފެންނަ ކަމަށް ބުނެ ދައްކާ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯ އެވެ.
މުފްތީ މެންކް ޖަވާބު ދެއްވަ އެވެ. މުފްތީ މެންކް ވިދާޅުވެފައިވަނީ މީހަކަށް ރަސޫލާ މުހައްމަދު صلى الله عليه وسلم ހުވަފެނުގައި ފެނިއްޖެ ކަމަށާއި އެ ހުވަފެނުގައި ރަސޫލާ މުހައްމަދު صلى الله عليه وسلم އެމީހެއްގެ ގާތުގައި ރައްޔިތުންނަށް ހަދީސެއް ފޯރުކޮށްދިނުމަށް އެދުނު ކަމަށްބުނެ މީހަކު ވާހަކަ ދައްކައިފިނަމަ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ސައިތާނާއަށްވެސް ހުވަފެނުގައި އިންސާނަކަށް ރަސޫލާ މުހައްމަދު صلى الله عليه وسلم ނުދެއްކޭނެކަމަށް ބުނާ ބުނުމަކީ އެއީކަމަށް މުފްތީ މެންކް ވިދާޅުވެފައި ވެ އެވެ.
އެހެނަސް ހަދީސްތަކާއި ސީރަތުގައި ސިފަކޮށްދީފައިވާ ސިފަތަކުގައި، ހުދު އެގޮތުގައި ހުވަފެނުގައި މީހަކު ފެނިއްޖެ ނަމަ ޝައްކެއް ނެތްގޮތުގައި އެއީ ރަސޫލާ މުހައްމަދު صلى الله عليه وسلم ކަމުގައި މުފްތީ މެންކް ވިދާޅުވެފައި ވެ އެވެ. މުފްތީ މެންކް އިތުރަށް ވިދާޅުވެފައިވަނީ ރަސޫލާ މުހައްމަދު صلى الله عليه وسلم ހުވަފެނުން ފެންނާނީ ފުރިހަމަ މުސްލިމަކަށް ކަމަށެވެ.
3 Responses
ހަދީޘް ގައި ވަނީ ކީކޭތޯ. އެ ހަދީޘް ހަބަރުގައި ބަޔާން ކުރިނަމަ ހަބަރު ފުރިހަމަވީސް.
If you know the hadhee then it’s probably _your imagination.
If you know the hadhees then its probably yout imagination.s