ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 3:50 އިން ފެށިގެން މިރޭ 9:50 އާއި ދެމެދުގެ ވަގުތުތަކުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމުގައި ލަފާ ކުރެވޭ ކަމަށެވެ.
އަދި ހަމަ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުގެ އެލާޓްގައި ވެ އެވެ.