ކަދުރު މައްސަލައާއި ހައްޖު ކޯޓާއިން ބައެއް މެޑަމް ފާތުން ނެގިކަމަށް ބުނާ މައްސަލަ އޭސީސީ އަށް

މި އަހަރު ރާއްޖެއަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) ބައެއް ނެގި ކަމަށް ބުނާ މައްސަލަ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެމްޑީޕީ އިން ބުނީ ސައޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދޫކޮށްފައިވާ 1000 ޙައްޖު ކޯޓާގެ ތެރެއިން 50 ކޯޓާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޙަވާލުކޮށް އެ 50 ކޯޓާގެ ދަށުން މިއަހަރު ޙައްޖަށް ދާނެ ފަރާތްތަށްވެސް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ބައްލަވައިދެއްވުމަށް އެދި އެމް.ޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

އަދި މި ރަމަޟާންމަހު ދިވެހި ރައްޔިތުންނާށް ކަދުރު ބެހުމަށްޓަކައި ސައޫދި ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ކަދުރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ދީދީގެ މަސްލަހަތު އޮންނަ ޖަމިއްޔާއެއް ކަމުގައިވާ ‘ސަދަޤާތު ފައުންޑޭޝަން’ އާއި ހަވާލުކޮށްފައިވާތީ އެކަމަކީ މާލިޔަތު ޤާނޫނާއި މާލިއްޔަތު ގަވައިދާއި ހިލާފަށް ބޭރުގެ ފަރާތަކުން ސަރުކާރަށް ހަދިޔާކޮށްފައިވާ މުދަލެއް ދޫކޮށްފައިވާ މައްސަލައެއްކަމުން މި މައްސަލަވެސް ބަލައިދިނުމަށް އެމް.ޑީ.ޕީން މިއަދު ވަނީ އޭ.ސީ.ސީއަށް ހުށަހަޅައިފައި ވާނޭ ކަމަށްވެސް އެމްޑީޕީ އިން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *