ދުވަހުގެ ރެސްޓޯރެންޓްގެ ގޮތުގައި ދުވަހުގެ ކިޔުންތެރީންނަށް މިއަދު މި ގެނެސްދެނީ ޒުވާނުންގެ ތެރޭގައި އެއްމެ މަގްބޫލް އެއް ރެސްޓޯރެންޓް ކަމަށްވާ ނިއުޕޯޓް ރެސްޓޯރެންޓް އެވެ.
2014 ވަނަ އަހަރު ހުޅުވި މި ރެސްޓޯރެންޓަކީ މިއަދު ދިވެހިންގެ ތެރޭގައި މަގްބޫލު ރެސްޓޯރެންޓަކަށް ވެފައިވާއިރު މޮޑާން ޗިކް މި ރެސްޓޯރެންޓްގެ އެއްމެ ހާއްސަ ކަމަކީ ރެސްޓޯރެންޓްގެ މާހައުލާއި ކޮފީ އާއި އިޓާލިއަން ފެލެއަރ އެވެ.
މި ރަމަޟާން މަހަށް ހާއްސަކޮށް ނިއުޕޯޓުން ވަނީ ހަފްތާގެ ކޮންމެ ދުވަހަކަށް ވަކި މެނޫއެއް ތައްޔާރުކޮށްފަ އެވެ. ރޯދަ ވީއްލުމުގެ އަގު ތައް ހުރީ ބޮލަކަށް 175 އާއި 195 އާއި ދެމެދުގަ އެވެ.
ބޮޑުތަކުރުފާނު މަގު ހުޅުލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ނިއުޕޯޓް ރަމަޟާން މެނޫއަށް ބަލާލާއިރު މެއިން ޑިޝްގެ ގޮތުގައި ޗިކަން ކަރީ، ރޯސްޓް ޗިކަން، ކަންކުން ބީފް އަދި ކަނޑު ކުކުޅު ހިމެނެ އެވެ. މެނޫގައި އެކިވައްތަރުގެ ހެދިކާ ހިމަނާފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ޕެޓީސް، ބޯކިބާ، ފިޝް ރޯލްސް، މިނީ ޗިކަން ބަން އަދި ކަވާބު ހިމެނެ އެވެ. ބުއިންތަކަށް ބަލާލާއިރު ކަރާފަނި ފޭރުފަނި، ކުރުނބާ ފަނި އަދި ފަލޫދާ ފަދަ ބުއިންތައް ހިމެނެ އެވެ.
ނިއުޕޯޓަށް ގުޅޭނެ ނަމްބަރު : 3300660 / 9556006
މި އާޓިކަލް ޝެއާކޮށްގެން ހިލޭ ރޯދައްވީއްލުމުގެ ފުރުސަތު ތިބާ އަށް އެބައޮތެވެ. ޝެއާކުރާއިރު ދުވަސް ގައިޑް ލައިންސް އާއި އެއްގޮތަށް ކުރުމަށް އެދެމެވެ.
ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި އަތޮޅުތެރޭގެ ރެސްޓޯރެންޓް ތަކަށް ވަނީ ހުޅުވާލެވިފަ އެވެ.