އެމެރިކާގެ ސޭން ޖޯޝް އަވަށުގައި ހުންނަ މިގޭގައި 1960 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް 19 ވެހިކަލުން ޖެހިފައިވާ ކަމަށް ގޭގެ ވެރިފަރާތުން ބުނެފިއެވެ.
ހައިވޭ އެއްގެ އޮފް ރޭމްޕްއްގެ ކައިރީގައި ހުންނަ މިގޭގެ ވެރިފަރާތް ކަމުގައިވާ ރޭ މިންޓާ މިހާރު އޭނަގެ ގެއަށް ކިޔަނީ ލޭންޑިން ސްޓްރިޕްއެވެ. މިންޓާ ބުނެފައިވާ ގޮތުގައި އެންމެ ފަހުން މިގޮތަށް ހިނގި ހާދިސާއަކީ މަސްތުގެ ހާލަތުގައި ހުރި މީހަކު ދުއްވި ޓްރަކެއް ކޮންޓްރޯލުން ނެއްޓި ގޭގެ ކުރިމަތީގައި ޕާކްކޮއްފައި އޮތް އޭނަގެ ކާރުގައި ޖައްސައި އެކާރު ގޭގެ ދޮރާއި ހަމައަށް ފޮނުވާލުންކަމެވެ.
މިފަަދަ ގިނަ ހާދިސާތައް ހިނގަމުުންދާތީ މިންޓާ ވަނީ ކަމާ ބެހޭ ފަރާތްތަކުގެ އެހީއަށްވެސް އެދިފައެވެ. ކަމާބެހޭ ފަރާތްތަކުން އޭނައަށް އެއްވެސް އެހީތެރިކަމެއް ފޯރު ނުކޮށްދިނުމުން މިންޓާ ވަނީ އަމިއްލައަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން މިންޓާ ވަނީ ގޭގެ ވަށާ ފާރު ވަރުގަދަކޮށް، ގޯތީގެ ދޮރުމަތީގައި ދަގަނޑު ޕޯސްޓްތަކެއްވެސް ބަހައްޓާފައެވެ.