ރޯދަ ދޫކޮށްލި ތިން މީހެއްގެ ގައިގާ އައިއެސް އިން 70 އެތިފަހަރުން ހައްދު ޖަހައިފި

ރަމަޝާން މަހުގެ ރޯދަ ދޫކޮށްލުމުން އައިއެސް އިން ތިން މީހެއް ކޮއްޓަކަށް ލުމަށްފަހު ހައްދުޖަހައި އަދަބު ދީފިއެވެ.

މި އަދަބު ދީފައިވަނީ ސީރިޔާގެ މަޔާދިން އަވަށުގެ ދެ މީހަކަށާއި ބުކަމަލް އަވަށުގެ މީހަކަށެވެ. މި ތިންމީހުންގެ ތެރެއިން ކޮންމެ މީހެއްގެ ގައިގައި ވަނީ 70 އެތިފަހަރު ޖަހާފައެވެ. އަދި ހައްދު ޖެހުމަށް ފަހު މި ތިން މީހުންވެސް ވަނީ އެހެން މީހުންނަށް ފިލާވަޅަކަށް ފެންނާނެހެން ބަނދެފައި ބައިތިއްބާފައެވެ.

މިދިޔަ އަހަރުގެ ރަމަޝާންމަހުގެ ރޯދަ ދޫކޮށްލައިގެން 94 މީހެއްގެ ގައިގައި އައިއެސް އިން ވަނީ ހައްދު ޖަހާފައެވެ. މީގެ ތެރޭގައި ފަސް ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *