”އަޅުގަނޑަށް ވަނީ ހަދިޔާ އެއް ލިބިފައި. އެއީ ކެންސަރު“ އޮސްޓްރޭލިއާގެ ޒުވާނެއް ކަމަށްވާ އަލީ ބަނާތު ލޮލުން ކަރުނަ އޮހެރޭ ހާލަތުގައި ބުންޏެވެ. އެ ޒުވާނާ އަށް އެފަދަ އަސަރެއް ކުރީ ކީއްވެ ހެއްޔެވެ. އޭނާ ކެންސަރަކީ ހަދިޔާ އެއް ކަމަށް ބުނީ ކީއްވެ ހެއްޔެވެ.
އެ ވާހަކަތައް ކިޔައިދިނުމުގެ ހަތަރު މަސް ކުރިން އޭނާ އަށް ކެންސަރު ޖެހުނެވެ. އަދި އެކަން އޭނާ އަށް އެނގުމުން އަލީގެ ހުރިހާ މުދަލެއް އެހެން މީހުންނަށް ހަދިޔާ ކުރިއެވެ. އަލީގެ ފެރާރީ ކާރުގެ އަގަކީ ހަ ލައްކަ ޑޮލަރެވެ. ރޮލެކްސް ގަޑި ތަކާއި އަގުބޮޑެތި ހަދިޔާ އެވެ. ހަމައެކަނި އޭނާގެ އަތުކުރީގައި އަޅާ ބްރެސްލެޓްގެ އަގަކީ 60 ހާސް ޑޮލަރެވެ. އަގު ބޮޑެތި ބޫޓްތަކާއި ފައިވާނާއި އެހެނިހެން ތަކެއްޗެވެ. އަދި އޭނާގެ އަތުގައި ހުރި އަގު ބޮޑު ގިނަ އައިނުތަކެއް އެފްރިކާ އަށް ހަދިޔާ ކުރިއެވެ.
ދުނިޔޭގެ އުފަލާއި މަޖާ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހުންނަށް އެ މީހުން އެތިބީ ގޯސްމަގެއްގައި ކަން އެނގޭނީ އެ މީހުން ބަލިވީމަކަމަށް އަލީ ބުންޏެވެ.
https://www.youtube.com/watch?v=a_CmraRY1mQ
އޭނަ އެފްރިކާ އަށް ކުރި ދަތުރަކަށް ފަހު މުސްލިމްސް އެރައުންޑް ދަ ވޯލްޑްގެ ނަމުގައި ފައުންޑޭޝަނެއް އުފެއްދިއެވެ. އެ ފައުންޑޭޝަނުން އެފްރިކާގައި މިސްކިތްތައް ބިނާ ކުރުމާއި ސްކޫލްތައް ބިނާކުރުމެވެ. މިކަން އޭނަ ކުރީ އޭނާގެ އަޚަކު ކެންސަރުބަލީގައި މަރުވުމުން އޭނާ ޖަނާޒާއަށް ދިޔައެވެ. އެ ޖަނާޒާގައި އޭނާ އަށް އިހްސާސްކުރެވުނީ ހުރިހާ މީހުންނަށް މުދަލެއް ދޫކުރުމަށް ފަހު ދުނިޔެ ދޫކޮށްދާކެމެވެ. އަދި ހަމައެކަނި އެ މީހާ އާއި އެކީ ދާނީ އެމީހެއްގެ އަމަލުކަމަށް އަލީ ބުންޏެވެ.
އަލީގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ. އޭނާގެ ހުރިހާ ވަގުތެއް އަޅުކަމަށް ޚާއްސަ ކުރިއެވެ. އަދި ﷲ އާއި ބައްދަލުވާނެ ވަގުތަކަށް އޭނާ ތައްޔާރުވަމުން ދިޔައެވެ.