އިނގެރޭސި ޕްރިމިއަރލީގު: ޗެލްސީ އަދި މެންޗަސްޓަރ ސިޓީ މޮޅުވެއްޖެ

އިނގެރޭސި ޕްރިމިއަރލީގުގެ ތާވަލުގެ އެއްވަނައަށް ވާދަކުރަމުންދާ މެންޗަސްޓަރ ސިޓީ އަދި ޗެލްސީވެސް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

ސްޓެންފާރޑް ބްރިޖްގައި ކުޅުނު މެޗުގައި ޗެލްސީން ހަލްސިޓީގެ މައްޗަށް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައިވަނީ އޮސްކާގެ ހުރަހަކުން އެޑިން ހަޒާޑެވެ.

ޗެލްސީން މެޗުގެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަލްސީޓީންވަނީ މަދުންނަމަވެސް ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ހަލްސިޓީގެ ޓޮމް ހަޑްލްސްޓޯންއަށް ނުރައްކާތެރި ޓެކުލަކާ ގުޅިގެން ރަތްކާޑު ދައްކާފައިވަނިކޮށް ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ ޑިއޭގޯ ކޮސްޓާއެވެ.

މެޗުގައި ޑައިވް ކުރުމުގެ ސަަބަބުން ޗެލްސީގެ 2 ކުޅުންތެރިންނަށްވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މެންޗަސްޓަރ ސިޓީއިން ރަށުން ބޭރުގައި ލެސްޓަރސިޓީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ކުރީގެ ޗެލްސީ މިޑްފީލްޑަރ ފްރޭންކް ލަމްޕަރޑެވެ.

މިއީ ލަމްޕަރޑް ޕްރިމިއަރލީގުގައި ކާމިޔާބުކުރި 175 ވަނަ ގޯލައެވެ. ލެމްޕަރޑްވަނީ މި ގޯލާއެކު ޕްރިމިއަރލީގުގެ ތާރީހްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ލިސްޓަގެ 4 ވަނާގައި ތިއަރީ އޮންރީއާއި އެއްވަރުކޮށްފައެވެ.

މެޗުގައި ކޮމްޕެނީ އަދި ޒެކޯއަށް އަނިޔާވެފައިވާއިރު، ލެސްޓަރ އެންމެފަހުން ކުޅުނު 11 މެޗުންވެސް މޮޅުވެފައެއް ނުވެއެވެ.

އިނގެރޭސި ލީގު ތާވަލުގެ 1 ވަނައިގައި ޗެލްސީ އޮތްއިރު 3 ޕޮއިންޓަގެ ފަރަގަކާއެކު ސިޓީއޮތީ ތާވަލުގެ 2 ވަނައިގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *