ދައުލަތުގެ އެހީގައި ބޯންމެރޯ ހެދި ކުދިންގެ ރިވިއު ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވައުދުވެވަޑައިގަންނަވާފައިވާ ގޮތުގެ މަތިން ދައުލަތުގެ ޚަރަދުގައި (ޒަކާތު ފަންޑުން ޚަރަދުކޮށްގެން) ތެލަސީމިއާ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު އަނބުރާ ރާއްޖެއައިސް މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ބެލުމުގެ ދަށުން އެއް އަހަރު ދުވަހުގެ ފަރުވާ ކުރިއަށް ގެންދިއުމަށްފަހު، އެކުދިން އޮޕަރޭޝަން ކުރި ހޮސްޕިޓަލުގެ ޑޮކްޓަރަށް ދައްކާ ރިވިއު ހެދުމަށް ޑިސްޗާޖް ސަމަރީގައި އެދިވަޑައިގެންފައިވާތީ، މި ރިވިއު ހެދުމަށް މިކުދިން ފޮނުވުމުގެ އިންތިޒާމް ޒަކާތު ފަންޑުގެ ދަށުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.
ތެލަސީމިއާ ބައްޔަށް މި ފަރުވާ ލިބުނު ޖުމްލަ 18 ކުދިންގެ ތެރެއިން 12 ކުދިންވަނީ ތެލަސީމިއާ ބަލިން މުޅިން ސަލާމަތްވެފައިކަން ފާހަގަކޮށްލެވޭ ކަމުގައިވެސް ރައީސް އޮފީހުން ފާހަގަކޮށްފައި ވެ އެވެ.