ހަފްތާ ބަންދު މޫސުމަށް ބަލައިލާއިރު މުޅި ރާއްޖެއަށް އޮތީ ގުގުރުމާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ މޫސުމަށް ބަލައިލާ ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަހު އުތުރާއި ދެކުނާއި އަދި މެދު ރާއްޖެއަށްވެސް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ.
މެޓުން އެންމެ ފަހުން ހިއްސާކޮށްފައިވާ ސެޓެލައިޓް ފޮޓޯއިން ފެންނަގޮތުގައި ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދިފައިވެއެވެ.