މިރޭގެ މޫސުމަށް ބަލައިލާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި އުތުރުގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާ ހެނދުނު 06:00 އާއި ހަމައަށް މޫސުން ލަފާކޮށް ނެރެފައިވާ ބުލެޓިންއެއްގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވަނީ އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
”ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ“ މެޓުން ބުނެފައިވެއެވެ.
ކަނޑުތަކަށް ބަލައިލާއިރު މިރޭ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ.
One Response
މޫސުން ގޯސްކަމުން ޗުއްޓީއަށް ދިޔަ މީހުން ސުކޫލް ކުދިން ނަށް ނާދެވޭ.. މިހާރު ކުރާ ވިއްސާރައިން ގޭގެއަށް ފެންވަދެ އެތަ ތަަކުލީފުތަކެއް ވަނީ އުފުލަން ޖެހިފަ ކީތޯވާނީ ކުރިޔަށް އޮތް 3 ދުވސް ބަންދުކޮށްލަން.. ގައިމު އޭރަށް ވާއިރަށް މޫސުން ވެސް އިރާދަކުރެއްވިޔާ ރަނގަޅު ވާނެ ކަމަށް މެޓް އޮފީސް އިން ވެސް އަންދާޒާ ކުރޭވިއްޔާ