ދިޔާ އޯ ބާތީ ހަމްގެ ފަހު އެޕިސޯޑް އޮގަސްޓް މަހުގެ 15 ވަނަ ދުވަހު؟!

ގިނަބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ ޑްރާމާ ސީރީޒް ދިޔާ އޯ ބާތީ ހަމް ނިންމާލުމަށް އުޅޭކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ. 2011 ވަނަ އަހަރު ސްޓަރ ޕްލަސް އިން ދައްކަން ފަށާފައިވާ މިޑްރާމާ ސީރީޒްގެ އެންމެ ފަހު އެޕިސޯޑް އެއަރ ކުރާނީ އޮގަސްޓްމަހުގެ15 ވަނަ ދުވަހުކަމަށް ރިޕޯޓްތައް ބުނެއެވެ. މިޑްރާމާ ނިންމާލުމަށް ކްރިއޭޓިވް ޓީމުން ނިންމާފައިވަނީ ޑްރާމާ އަށް ލިބެމުންދާ ތަރުޚީބު ކުޑަވަމުންދާތީކަމަށްވެއެވެ.

މިޑްރާމާ ފެށުނީއްސުރެވެސް މިޑްރާމާއަކީ ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދަމުން އައިސްފައިވާ ޑްރާމާއެކެވެ. އެހެންނަމަވެސް ފާއިތުވި މަސްތަކުގައި މިޑްރާމާއަށް ލިބެމުންދާ ތަރުޚީބު ކުޑަވަމުންދާކަމަށްވެއެވެ. މީގެއިތުރުން ޓީވީރޭޓްސް ވެސް މިޑްރާމާގެ ދަށްވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ޑްރާމާއަށް ލިބެމުންދާ ތަރުޚީބުކުޑަވަމުންދިޔުމުގެ އިތުރުން ޑްރާމާގެ މައި ދެ ރޯލުންފެނިގެންދާ ދެތަރިންކަމަށްވާ ސޫރަޖްގެ ރޯލުން ފެނިގެންދާ އަނަސް ރާޝިދު އަދި ސަންދިޔާގެ ރޯލުން ފެނިގެންދާ ދީޕިކާ ސިން އާ ދެމެދު ހިނގަމުންދާ ކަންތައްތަކަކީވެސް މިޑްރާމާ ހުއްޓާލުމަށް ކްރިއޭޓިވް ޓީމުން ނިންމާފައިވާ ސަބަބެއްކަމަށްވެއެވެ. އެގޮތުން ދެމީހުންގެ ދެމެދުގައި ހިނގަމުންދާ ޒުވާބުތަކާއި އަރާރުންތައް ވަނީ މީޑިޔާއާ ހަމައަށްވެސް އައިސްފައެވެ. މީގެއިތުރުން ސޫރަޖްގެ ރޯލުން ފެނިގެންދާ އަނަސް ޝޫޓިންއަށް ލަހުން އަންނާތީ މުޅި ކްރޫ އެއްކޮށް އޭނާއަށް މަޑުކޮށްގެންތިބެން ޖެހުން އެވެސް މިފަހުން ދިމާވެފައިވާ މައްސަލައެއްކަމަށްވެއެވެ.

ކޮންމެއަކަސް މިޑްރާމާ ނިންމާލުމަށް ޕްރޮޑަކްޝަން ޓީމުން ނިންމި ނިންމުމަކީ މިޑްރާމާގެ ފޭނުންނަށް އެހާ އުފާވެރި ޚަބަރަކަށް ނުވާނެއެވެ. އެހެންނަމަވެސް މިޑްރާމާގެ ތަރިން އެހެން ޝޯވ ތަކުން ފެނިގެންދިޔުމުގެ ފުރުސަތުވެސް އެބައޮތްތާއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *