މަނީޝް ޕައުލް އަށް ދެވަނަ ކުއްޖެއް ލިބެނީ

މަޝްހޫރު ޓީވީ ޕްރެޒެންޓަރ ، އަދި ބޮލީވުޑް އެކްޓަރ މަނީޝް ޕައުލް އަށް ދެވަނަ ކުއްޖަކު ލިބެން އެބައުޅެއެވެ. މިހާރުވެސް އަންހެންކުއްޖަކު މަނީޝް އާއި އޭނާގެ އަންހެނުން ސަންޔުކްތާގެ ހުންނައިރު ވަރަށް އަވަހަށް މަނީޝްގެ އަންހެނުން ވިހާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މިހާރު އޭނާ މަސައްކަތުން އޮފް ނަގާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މަނީޝް އާއި އޭނާގެ އަންހެނުން ސަންޔުކްތާ ކައިވެނިކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. މަނީޝް ޕައުލް ޓީވީ ހޯސްޓަކަށްވުމުގެ ކުރިން އޭނާއަކީ ޓީވީ އެންކަރ އެކެވެ. މަނީޝް ހޯސްޓްކުރާ މަޝްހޫރު އެއް ޝޯވ އަކީ ޖަލަކް

ދިލްކާ ޖާއެވެ. މީގެއިތުރުންވެސް މަނީޝްއަކީ ގިނަ އެވޯޑް ހަފްލާތަކެއްވެސް ޕްރެޒެންޓްކޮށްފައިވާ މީހެކެވެ. ބޮލީވުޑްގެ ފިލްމުތަކުން މަނީޝް އާންމުކޮށް ފެނިގެންގޮސްފައިވަނީ ހެއްވާ މަޖާ ރޯލްތަކުންނެވެ. މީގެއިތުރުން ބައެއް ޑްރާމާ ސީރީޒްތަކުންވެސް މަނީޝް ފެނިގެންގޮސްފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *