ކާކު ކަން ނޭނގޭ މީހަކު ހޯދަން މިއަދު ފުލުހުން އިއުލާނުކޮށްފައިވާއިރު ކާކުކަން ދެނެގަނެވިފައިނުވާ ދެވަނަ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ މީހަކީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
ފޮޓޯއިން ފެންނަ މީހާ ފުލުހުންގެ އިދާރާއަކަށް ހާޒިރުވެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ދަންނަވާ ކަމަށާއި އަދި އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް މަތީގައި ދަންނަވާފައިވާ ނަންބަރަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.