އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ސ.ހިތަދޫ އަހިވަށްމާގޭގައި ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފް ސަދަން އޭރިއާ ފަޔަރ ސްޓޭޝަނުން ނިއްވާލާފައި ވާކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭފަތި 04:15 ހާއިރު ސަދަން އޭރިއާ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ވަގުތު ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށާއި މިގޮތުން، ސަދަން އޭރިއާގެ ފަޔަރމަނުން ކުރި މަސައްކަތުން ވަނީ އެގޭގައި ރޯވި އަލިފާން ގާތްގަނޑަކަށް 04:26 ހާއިރު ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގައި އެގޭ ކޮޓަރިއަކާއި ސިޓިންގ ރޫމަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.