އިންޖީނުތަކަށް މައްސަލަދިމާވިޔަ ނުދިނުމަށް އަންނަނީ މަސައްކަތް ކުރަމުން: ސްޓެލްކޯ

ސްޓެލްކޯގެ އިންޖީނުތަކަށް ޓެކްނިކަލް މައްސަލަ ދިމާވިޔަ ނުދިނުމަށްޓަކައި އަބަދުވެސް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ރަމަޟާން މަހު ކަރަންޓް ގޮސްފިނަމަ ޢާންމުންނަށް ދިމާވާނެ އުދަނގޫތައް ފާހަގަ ކުރައްވާފައިވާ ކަމަށާއި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން އަބަދުވެސް މައްސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލައެއް ނުޖެހި ރޯދަ މަސް ނިމެންދެން ޚިދުމަތް ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން މިހާރު އަލަށް ހަދަމުންދާ އެތައް ޢިމާރާތަކަށްވެސް މިއަހަރުގެ ތެރޭގައި ކަރަންޓް ދީފައިވާތީ އެހެން އަހަރު ތަކާއި ޚިލާފަށް މިއަހަރު އިންޖީނުތަކަށް ބާރު ބޮޑުވާނެ ކަމަށާއި ސްކޫލުތަކުގެ ޗުއްޓީ ނިމި އަލުން ކިޔަވަދޭން ފެށުމުންވެސް ބާރުބޮޑު ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މި އަހަރުގެ ރަމަޟާން މަހުވެސް އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓް ބޭނުން ކުރާވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ކޮންމެ ދުވަހެއްގައިވެސް އެންމެ ބާރު ބޮޑުވެގެންދާ ވަގުތަކީ ހެނދުނު 10:00ން މެންދުރުފަހު 14:00އަށް ކަމަށެވެ. އަދި ރޭގަނޑު 21:00ން 23:00އަށް ކަމަށެވެ.

މާލެއަށް މިހާރު ކަރަންޓް ދިނުމަށް ސްޓެލްކޯގައި 27 ޖަނަރޭޓަރު ދަނީ ބޭނުންކުރަމުން އަންނަ އިރު، އެ ކުންފުނިން ބުނީ އިންޖީނުތަކަށް ބާރު ބޮޑުވި ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *