ކާކުކަން ކަށވަރު ނުވާ މީހަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ މީހަކީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ކަށަވަރުކުރެވިފައި ނުވާތީ ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
ފޮޓޯއިން ފެންނަ މީހާ ފުލުހުންގެ އިދާރާއަކަށް ހާޒިރުވެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ދަންނަވާ ކަމަށާއި އަދި އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް މަތީގައި ދަންވާފައިވާ ނަންބަރަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.