އެނބޫދޫ ފިނޮޅު ކައިރިއަށް މަސްހިފަން ފޭބި ދެމީހުން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މި ދެ މީހުން ފެނިފައި ވަނީ އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދަނިކޮށް މިއަދު މެންދުރުފަހު 14:45 ހާއިރު އެނބޫދޫ ފިނޮޅުގެ އިރުއިތުރުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންނަށް މި ދެމީހުން ފެނުނުއިރު އެމީހުން ތިބީ ފެންމަތީގައި ކަމަށާއި އަދި އެދެމީހުންގެ ހާލުވެސް ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މި ދެމީހުން އެމްއެންޑީއެފް ހާބަރކްރާފްޓް 115 ނަންބަރު ލޯންޗްގައި މާލެ ގެނައުމަށް މިހާރު ދަނީ ދަތުރު ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
މި ދެމީހުން ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު އެވެ.