މާރާމާރީއެއްގައި ކުޑަކުއްޖަކު މަރުވި މައްސަލައަކާ ގުޅިގެން ކުއްޖަކާއި މީހަކު ހޯދަނީ

މިހިނގާ ޖޫން 3 ވީ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީގައި އުމުރުން 14 އަހަރުގެ ކުއްޖަކު މަރުވެފައިވާ މައްސަލައާ ގުޅިގެން ކުއްޖަކާއި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަޠީފު (15އ) އާއި ކ. މާލެ، މ. ކުރިރުއްގެ، އިރުފާން ރުޝްދީ(21އ) އެވެ.

ފުލުހުން ބުނީ އިބާދާތު ލަޠީފާއި އިރުފާން ރުޝްދީއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *