????????????????????????????????????
????????????????????????????????????

ފާއިތުވި މެއި މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު އިތުރުވެއްޖެ

ފާއިތުވި މެއި މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މި ދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު، 32% އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން މި ދިޔަ އަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންނަމަވެސް މިއަހަރުގެ މެއި މަހު މި ޢަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މި ދިޔަ މަހު ދިވެހިރާއްޖެއަށް އިމްޕޯޓު ކުރި މިންވަރު އިތުރުވުމުގައި، މާލެ،ހުޅުލެ ބްރިޖުގެ މަސައްކަތަށް އެތެރެކުރި ސާމާނުގެ އަގުގެ ބޮޑުބައެއް ޙިއްޞާ ކޮށްފައިވާ އިރު،ފާއިތުވި މެއި މަހު ދިވެހިރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުގެ 18% ޙިއްޞާކުރަނީ މި މަޝްރޫޢުށް އެތެރެކޮށްފައިވާ ތަކެއްޗެވެ.

އަދި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ހުސްވި މެއި މަހު 15% ވަނީ އިތުރުވެފައެެވެ. ފާއިތުވި މެއި މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 187.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި ދިޔަ އަހަރުގެ މެއި މަހު ލިބިފައިވަނީ 162.6 މިލިއަން ރުފިޔާ. މީގެ އިތުރުން ފާއިތުވި މެއި މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރުވެސް ވަނީ 6% މައްޗަށް ގޮސްފައެވެ. އެގޮތުން މި އަހަރުގެ މެއި މަހު 393.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *