ފޮޓޯއިން ފެންނަން އެހުރީ 1987ގައި ރަޝިޔާއަށް އުފަން ނަތާޝާ ދެމްކީނާ ކިޔާ ރަޝިޔާއަށް އުފަން އަންހެނެކެވެ. ނަތާޝާ އަށް ލިބިފައިވާ ހުނަރަކީ ހައިރާން ކުރުވަނިވި ހުނަރެކެވެ.
ނަތާޝާ އަށް އާދަޔާހިލާފު ހުނަރެއް ލިބިގެން ވާކަން އެނގުނީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައި އޭނާގެ މަންމަގެ ގާތުގައި ބުނި ވާހަކަ އަކުންނެވެ. ނަތާޝާ އޭނާގެ މަންމަގެ ގާތުގައި މަންމަގެ އެތެރެ ހަށި އޭނާއަށް ފެންނަ ކަމަށް ބުންޏެވެ.
މިހާރު އުމުރުން 29 އަހަރު ވެފައިވާ ނަތާޝާގެ އެ ވާހަކަ ކަށަވަރު ކުރުމަށް އެކި ކަހަލަ ތަހުލީލުތައް ހަދާފައި ވެ އެވެ. އަދި ގިނަ ޑޮކްޓަރުން އެކަން ކަށަވަރު ކުރުމަށް ނަތާޝާގެ ޓެސްޓްތަކެއް ހަދާފައި ވެ އެވެ. އަދި އެ ޓެސްޓްތަކުން ދައްކާ ގޮތުގައި ނަތާޝާއަށް އެ އާދަޔާ ހިލާފު ހުނަރު ލިބިގެން ވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ނަތާޝާގެ މި އާދަޔާހިލާފު ހުނަރުގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާއެއް ކަމަށްވާ ދަ ގާޑިއަންގައިވެސް ގެނެސްދީފައި ވެ އެވެ.
4 Responses
އެކުވެރި ނޫސްވެރިޔާ އެވެ. ތިޔައީ ހުނަރެއް ނޫނެވެ. ތިޔައީ ކުޅަދާނަ ކަމެކެވެ.
މިވެސް ހަބަރެއް
މީ ސުރުހީއެއް
thee Allah ge kulhadhun vanthakan
thi koncheht thikan kashavaru vi kamuge evves hekkeh ves thi liumaku neh..