ރޯދައަށް ތިބޭ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް ސްޕޭނުގެ ސްކޫލަކުން އަންގައިފި

ސްޕެއިނުގެ އުތުރުގައި އޮންނަ އަވަށެއް ކަމުގައިވާ މެލިއްލާގައި ހިންގަމުން އަންނަ ސްކޫލެއްގެ ދަރިވަރުން ރޯދަ ހިފުން މަނާކޮށް އެ ސްކޫލުގެ ފަރާތުން ބެލެނިވެރިންންށް ސިޓީ އެއް ފޮނުވައިފި އެވެ.

އެ ސްކޫލުގެ ފަރާތުން ސްކޫލުގެ ހެޑް ޓީޗަރު ފޮނުވި ސިޓީގައި ބުނެފައިވަނީ ދަރިވަރުން ރޯދައަށްތިބެ ކިޔަވަން އައުމުން ޑީ ހައިޑްރޭޓް ވާނެ ކަމަށެވެ. އެ ސިޓީގައި އެ ސްކޫލުގައި އިސްލާމް ކިޔަވައިދޭ ޓީޗަރުގެ ބަސްވެސް ހިމަނާފައި ވެ އެވެ.

އިސްލާމިކް ޓީޗަރު ބުނެފައިވަނީ އެ ކުދީންނަކީ 12 އަހަރުން ދަށުގެ ކުދިން ކަމަށްވުމުން ރޯދަ ނުހިފިޔަސް ރަނގަޅު ވާނެ ކަމަށެވެ.

ސްކޫލުން ފޮނުވި މި ސިޓީއާއެކު އެ އަވަށުގެ މަސްރަހު ވަނީ ވަރަށް ގޯސްވެފަ އެވެ. އެ ސްކޫލަށްދާ ކުދިންގެ ތެރެއިން 80 އިންސައްތަ ކުދިންނަކީ މުސްލިމް ކުދިންނެވެ. ބައެއް ބެލެނިވެރިން ބުނެފައިވަނީ ރޯދައަށްތިބޭ ދަރިވަރުން ސްކޫލަށް ނުފޮނުވޭނަމަ މި ރަމަޟާން މަހު ކުދިން ސްކޫލަށް ނުފޮނުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *