ހޮސްޕިޓަލިޓީ ދާއިރާގައި އަލީގެ ކާމިޔާބީގެ ސިއްރަކީ ފަތުރުވެރިންނަށް ދޭ ފުރިހަމަ މެހެމާންދާރީ

ކަމަދޫ މަޝްހޫރު އަދި ހާއްސަވަނީ ހަމަ އެކަނި އެ ރަށުގެ އާދަކާދައާއި ނެށުމަށް އެކަންޏެއް ނޫނެވެ. އެ ރަށަކީ އެ ރަށަކަށް ހޮސްޕިޓަލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކެއްވެސް ނިސްބަތްވާ ރަށެކެވެ.

އެފަދަ އެއް ޝަޙްޞިއްޔަތަކީ ޢަލީ އިސްމާޢީލް އެވެ. ހޮސްޕިޓަލި ޓީ ދާއިރާގައި ޢަލީ ވަނީ ފާހަގަކޮށްލެވޭ ކެރިއަރެއް ބިނާކޮށްފައެވެ. ހޮސްޕިޓަލިޓީ ދާއިރާގައި ކާމިޔާބު ގިނަ ތަޖުރިބާތަކެއްކޮށްފައިވާ ޢަލީ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގައި މަސައްކަތްކޮށްފައެވެ. އެ ރިސޯޓްތަކުގެތެރޭގައި ސޮނޭވާ ފުށި، ފޯ ސީޒަންސް، ފިނޮޅު، ދިގަލި މޯލްޑިވްސް އަދި ކުރުނބާ މޯލްޑިވްސް އަދި ތާޖު އެގްޒޯޓިކާ ރިސޯޓު ހިމެނެއެވެ.

ޢަލީ މިހާރު ވަޒީފާ އަދާކުރަމުން އަންނަނީ އަންނަ ފެބްރުއަރީ މަހުގެތެރޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ވިލާ ހެވަންގެ ޕްރީ-އޯޕެނިންގ ޕްރޮޖެކްޓްގައެވެ.

ހޮސްޕިޓަލިޓީ ދާއިރާގައި ޢަލީ މިހާތަނަށް ކޮށްފައިވާ ޚިދުމަތްތަކުން އޭނާއަށް ވަނީ ފާހަގަކޮށްލެވޭ ގިނަ އިނާމުތަކެއް ލިބިފައެވެ. މީގެ ތެރޭގައި ”މެނޭޖަރ އޮފް ދަ އިޔަރ“ އަދި ”ގެސްޓް ޗޮއިސް އެވޯޑް“ ހިމެނެއެވެ. އަދި ޓްރިޕް އެޑްވައިޒަރުގެ މެހުމާނުންގެ ކޮމެންޓްތަކުގައި ވެސް އޭނާއަކީ ގިނަ އަދަދެއްގެ ގެސްޓުންގެ މެދުގައި މަގްބޫލު ފަރާތެއްކަން ފާހަގަކުރެވެއެވެ.

ހޮސްޕިޓަލިޓީ ދާއިރާގެ ކާމިޔާބީތަކުގެ އިތުރުން، ޢަލީ  ވަނީ ބ. ކަމަދޫގެ ރަށު ކައުންސިލްގެ ރައީސްކަންވެސް ކޮށްފައެވެ. ޢަލީގެ ކައުންސިލް ދަޢުރުގައި ޢަލީ ވަނީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ރޭވުންތެރިކަމާއެކު ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ކަމަދޫގެ ރައްޔިތުން ދެކޭގޮތުގައި ޢަލީ އަކީ ރަށް ތަރައްޤީކުރުމުގެ ވިސްނުން ހުރި ލީޑަރެކެވެ. ރަށުގެ ރައީސްގެ ގޮތުގައި ހުރި މުއްދަތުގައި އޭނާ ވަނީ ރަށުގެ އާމްދަނީ އާއި ޖުމްލަ ތަރައްޤީ އިތުރުކުރުމަށް ސްޓްރެޓެޖީތަކެއް ތަންފީޒުކޮށްފައެވެ.

ހޮސްޕިޓަލިޓީ ދާއިރާގައި އޭނާއާއެކު މަސައްކަތްކޮށްފައިވާ ފަރާތްތަކުންވެސް ޢަލީއާމެދު ދެކެނީ ހަމަ މިފަދަ ގޮތަކަށެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި ޢަލީ އަކީ ސަހުސިއްޔަތު ވަރުގަދަ ލީޑަރެކެވެ.

ހޮސްޕިޓަލިޓީ ދާއިރާގައި އަލީގެ އަމާޒަކީ އަބަދުވެސް އެ ރިސޯޓަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ހިނިތުންވުމާއެކު ދަތުރު ނިންމާލުމެވެ.  އެގޮތުން މެހުމާނުން ތިބޭ މުއްދަތުގައި އެމީހުންގެ ޚިޔާލު ހޯދުމަށް ޢަލީ އަބަދުވެސް މަސައްކަތްކުރެއެވެ. ކުރުގޮތަކަށް ބުނަނީނަމަ ޢަލީ އިސްމާޢީލްއަކީ ހޮސްޕިޓަލިޓީ ދާއިރާގައި ވަރަށް ކާމިޔާބު ޝަޚްޞިއްޔަތެކެވެ. އަދި ޢަލީއަކީ ހޮސްޕިޓަލިޓީ ދާއިރާގެ ގިނަ ބައެއްގެ އިތުބާރާއި އިހްތިރާމް ހޯދާފައިވާ ފަރާތެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *