މާލޭގައި ރޭ ހިނގި މާރާމާރީ އާއި ގުޅިގެން 2 ކުދިންނާއި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުން މަތީގެ ފިރިހެނެކެވެ. މިއީ ދިވެހިންނެވެ.
ފުލުހުން ބުނީ ހެންވޭރު ނޫރު މިސްކިތް ހިމެނޭ ސަރަޙްއަދުގައި ރޭ 22:00 ހާއިރު ހިނގި މި މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ޙަމަލާދީފައިވާއިރު މި ޙަމަލާގައި ލިބުނު ޒަޚަމްތަކަށް އޭޑިކޭ ހޮސްޕިޓަލްގައި އޭނާ އަށް ދަނީ ފަރުވާ ދެމުން ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި މާރާމާރީ އަކީ 2 ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށް ފުލުހުން ބުނެ އެވެ.