މިއަދަކީ ފިރިހެނުންގެ ދުވަސް

ތާރީހަކީ 19 ނޮވެމްބަރު 2024 އެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ”Mens Day“ ދިވެހި ބަހުންނަމަ ފިރިހެނުންގެ ދުވަހެވެ.

ފިރިހެނުންގެ ދުވަސް ފާހަގަކުރަން ފެށުމުގެ ފަސް ފަހަތަށް ނަޒަރު ހިންގާލާއިރު ފިރިހެނުންނަށް ހާއްސަ ދުވަހެއް ފާހަގަކުރުމުގެ ވާހަކަ 1968 )މީގެ 56 އަހަރު ކުރިން) އަދި 90ގެ ކުރީކޮޅު ދެކެވިފައި އެބަހުއްޓެވެ.

އެގޮތުން 1968ގައި އެމެރިކާގެ ނޫސްވެރިޔާ ޖޯން ޕީ.ހެރިސް ލިޔުނު އާޓިކަލެއްގައި ސޯވިއެޓް ސިސްޓަމްގައި ހަމަހަމަކަން ނެތްކަން ފާހަގަކޮށް މި މައުލޫއަށް އަލި އަޅުވާލައި ވާހަކަ ދައްކާފައިވެއެވެ.

އޭނާ ބުނެފައިވަނީ އަންހެނުންނަށް ހާއްސަ ދުވަހެއް އޮންނައިރު ފިރިހެނުންނަށް ހާއްސަ ދުވަހެއް ނެތުމަކީ އިންސާފުން ބޭރު ކަމެއް ކަމަށެވެ.

އެއަށްފަހު 90ގެ ފަހުކޮޅު އެމެރިކާގެ މިސޫރީގެ ސެންޓަރ ފޮރ މެންސް ސްޓަޑީސްގެ ޑިރެކްޓަރ ތޯމަސް އޯސްޓަރ ފިރިހެނުންގެ ދުވަހުގެ ހަރަކާތަކަށް އެމެރިކާ، އޮސްޓްރޭލިއާ އަދި މަލްޓާގެ ބައެއް ޖަމިއްޔާތަކަށް ދައުވަތެއް އެރުވިއެވެ. އޭރު އެ ދައުވަތު އެރުވީ ފެބްރުއަރީ މަހުގެ ތެރޭގައި އެ ދުވަސް ފާހަގަކުރުމަށެވެ.

ދެތިން އަހަރަކު ފެބްރުއަރީ މަހު ފިރިހެނުންގެ ދުވަސް ފާހަގަކުރަމުންގޮސް އެކަމަށް މާބޮޑު ތަރުހީބެއް ނެތި އެކަން ފަނޑުވެގެންދިޔައެވެ.

އެއަށްފަހު 1999 ވަނަ އަހަރު ޓޮބާގޯގެ ރައްޔިތެއް ކަމަށްވާ ޖެރޯމް ޓީލަކްސިންގް ނަމަކަށް ކިޔާ މީހަކު، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ފިރިހެނުންގެ ދުވަސް ކަމުގައި ހަމަޖައްސަން އެކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފެށިއެވެ. އޭނާ ގަބޫލުކުރީ ބައްޕައިގެން ދުވަހެއް އޮތްނަމަވެސް ދަރިން ނެތް ނުވަތަ ހުސްހަށިބައި ފިރިހެނުންގެވެސް ވަކި ހާއްސަ ދުވަހެއް އޮންނަން ޖެހޭ ކަމަށެވެ.

އޭރުވެސް މަލްޓާއިން ފިރިހެނުންގެ ދުވަސް ފާހަގަކުރަމުންދިޔައި ފެބްރުއަރީމަހުގެ ތެރޭގައެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ނޮވެމްބަރު މަހުގެ 19 އަކީ ފިރިހެނުންގެ ދުވަސްކަމުގައި ބެލުމަށް މަލްޓާއިންވެސް 2009 ވަނަ އަހަރު ނިންމިއެވެ.

އެހިސާބުން ފެށިގެން ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ފިރިހެނުންގެ ދުވަސް ކަމުގައި ފާހަގަކުރަމުން ގެންދެއެވެ.

ބައިނަލްއަގްވާމީ، ފިރިހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *