ނޫކަށި ފުރައިގެ އަޖައިބެއް ފަދަ ޒުވާނުން

ވަގުތަކީ ރޯދަ މަހުގެ ދަންވަރުގެ ވަގުތެވެ. މީހުން ކޮންމެ ވެސް ވަރަކަށް ހޭލާ އުޅުނަސް މަގުމަތިން ފެންނަ މީހުން މަދެވެ. ތަނަކީ ޗާންދަނީ މަގުގައި ހުރި އިމާރާތެކެވެ. ބޯދިގުކޮށްފައި ތިބި ޒުވާނުންތަކަކާއި އެކި ސްޓައިލްތަކުގެ ޒުވާނުންތަކެކެވެ. އެ މީހުންގެތެރޭގައި އެހެން އުމުރުފުރައިގެ މީހުން ވެސް ތިއްބެވެ. ވެގެން އުޅޭގޮތް ބަލާލަން ބޯދިއްކޮށްލީމެވެ. ކަމުދާކަށް ނެތެވެ. ސާދަ ފަނަރަ އަހަރުގެ ޒުވާނެއްގެ އަޑު އިވުނެވެ. އޭނާގެ އަޑުއަހަން އެހެން ޒުވާނުންނާއި މީހުން ތިއްބެވެ. އެ ޒުވާނާގެ އަޑުއަހަން އެހެން މީހުން ތިބީ ވަރަށް މަޑުމައިތިރި ކަމާއި އެކުގައެވެ. އެ ޒުވާނާ ދެކެ ބިރުން ކަމެއް ނުވަތަ އޭނާގެ އަޑުގަ ގޮތުން ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ތެޅެމުން ފޮޅެމުން އައިސް އިތުރު ދެ ޒުވާނަކު އެ މީހުންނާއި ގުޅިއްޖެއެވެ. އެ މީހުން އަޅައެއް ނުލިއެވެ. އެއްކަލަ ޒުވާނާގެ އަޑު ވަގުތުކޮޅަކަށް ހުއްޓިއްޖެއެވެ.

ވެގެން އުޅޭ ގޮތަށް އިތުރަށް ސާފުކޮށްލީމެވެ. ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. މި ހަމަ މި ރާއްޖޭގެ ޒުވާނުންގެ ފެންވަރު ބާއެވެ. އިހައްދުވަހު ވެސް ސާދަ އަހަރުގެ ދެ ޒުވާނަކު ގަތުލުކޮށްލިއެވެ. ޒުވާން ޖީލުގެ ބޮޑުބައި އޮތީ ހަކުރަށް ގޮސް ހުސްވެފައެވެ. ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމެއް މައިންބަފައިންނަށް ކަމޭހިތުން ކަހަލަ އެއްވެސް ރީތި އާދައެއް ޒުވާނުން ނުދަންނަކަހަލައެވެ. ނޫނީ މީ ހަމަ އަހަންނަށް ވިސްނޭ ވިސްނުން ބާވައެވެ. ވެދާނެއެވެ. އަހަންނަށް މިއިވެމުންދަނީ ސާދަ ފަނަރަ އަހަރުގެ ޒުވާނަކު ޖަލާލުއްދީން މިސްކިތުގައި ގުރުއާން ކިޔަވަމުންދާ އަޑެވެ. ވަގުތަކީ ދަމު ނަމާދު ވަގުތެވެ. ހަމަ ހައިރާންވެ އަންތަރީސް ތެއްތިރީސް ފަހަރު ވެއްޖެއެވެ. ފުރަތަމަ ސަފުގައި ގިނައިން އެ ތިބީ ނޫކަށި ފުރައިގެ ޒުވާނުންނެވެ. ކިތައްމެ ބޯދިގު ނަމަވެސް އެކަލާގެ ހަޒަރަތުގައި ހުއްޓި އެހެރީ މަޑުމައިތިރިކަމާއި އެކުގައެވެ.

ދެވަނަ ސަފަށް ބަލާލީމެވެ. ހަމަ ގިނައީ ޒުވާނުންނެވެ. އެހެންނަމަވެސް އެހެން އުމުރުތަކުގެ މީހުން ވެސް ތިއްބެވެ. ގުރުއާން ކިޔަވމުންދާ ސާދަ ފަނަރަ އަހަރުގެ ޒުވާނާގެ އަޑުގެ ފުރިހަމަކަމާއި އެވެ. އެ އަޑުން އެއްމެ ހަރުހިތައް ވެސް އަސަރުކުރާނެއެވެ. ދަމު ނަމާދުގައި ރުކޫއާއި ސަޖިދަ ދިގުކޮށް ކުރަމުންދެއެވެ.

އަހަރެންގެ ހިތް އުފަލުން ފޮޅިއްޖެއެވެ. މި ލޮބުވެތި ގައުމުގައި ދީން ދެކެ ލޯބިވާ، އަރާމު ނިދީގެ ބަދަލުގައި ﷲ ހަޒުރަތަށް ކުއްތައްވެ އެކަލާގެ ރަހުމަތަށް އެދިގެން ނަމާދުކުރާ ޒުވާނުން ތިބީމައެވެ. މި ގައުމާއި އަދި އުއްމީދު ކަނޑާނުލާށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ވަރަށް ރަނގަޅު ލިޔުމެއް. އެކަމަކު ލިޔުމުގަ ހުންނަ އިމްލާކުށްތައް ޗެކް ކޮށްލާފަ ޕަބްލިޝްކުރާނަމަ ފުދޭވަރެއްގެ ކުރިއެރުމެއް ފެންނާނެ. އިމްލާ ކުށްތަކާހުރެ ރީޑިން އެކްޕީރިއެންސް އެހާ އެހާއެއް ނުވި. އުއްމީދު ކުރަން ދެން ފަހަރަކުން ރަނގޅުވާނެ ކަމަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *