ޑާރކް ޗޮކްލެޓާ ބެހޭގޮތުން މި މައުލޫމާތު އެނގޭތަ !

އެނގޭތަ؟

ޑާރކު ޗޮކުލެޓް އަކީ ކޮކޯއާ ގަހުގެ އޮށުން އުފައްދާ އެއްޗެކެވެ. އަދި ޑާރކު ޗޮކުލެޓަކީ ސިއްޙަތަށް ފައިދާހުރި ނިއުޓްރިޝަން ހިމެނޭ އެއްޗެކެވެ. ޑާރކް ޗޮކުލެޓް އަދި ކޮކޯއާ ގައި ވަރަށް ގިނަ އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. މި ޗޮކުލެޓްގައި ހިމެނޭ ކޮންޕައުންޑްސް ގެ ސަބަބުން ލޭގެ ހިނގުން އަވަސްކޮށްދީ ލޭގެ ޕުރެސަރ ދައްކޮށްދެ އެވެ.

ޑާރކް ޗޮކުލެޓް ނުވަތަ %75 ޗޮކުލެޓަކީ ޕޭސްޓްރީ ގިނަ ޝެފުންގެ މަގުބޫލް އެށްޗެކެވެ. ގިނަ ޝެފުން ކެއްކުމުގެ އިތުރުން ގާނިސް ހެދުމަށް ވެސް ބޭނުންކުރެ އެވެ. އަދި ބަފޭތަކުގެ ގާނިސް ޑިސްޕްލޭ ހެދުމަށްވެސް ބޭނުން ކުރެ އެވެ. ޗޮކުލެޓަކީ ފަސޭހައިން ހޫނުން ދިޔާވާ އެއްޗެއް އަދި ތާފަނާކަންމަތީ ހުއްޓާ ބޭނުން ބައްޓަމަކަށް ޗޮކުލެޓް ހަދާލުމަށް ފަހު ފިނިތަންތަނުގައި ގިނަދުވަސްވަންދެން ހަލާކުނުވެ ހުންނަ އެއްޗެކެވެ.

ދުނިޔޭގެ ތިންބައިކުޅަ ދެ ބައި ކޮކޯއާ އަކީ އެފްރިކާ ބައްރުގައި އުފައްދާ އެއްޗެއްޗެއްވެވެ. ޗޮކުލެޓް ހެއްދުމުގައި އަދި ޗޮކުލެޓް އުފައްދާ އިރު ތަފާތު އެކި ގޮތްގޮތަށް އުފައްދަ އެވެ. އެހެންކަމުން އޭގެ ޕަސެންޓޭޖް ތަފާތުވެ ޗޮކުލެޓްގެ އަގަށްވެސް ބަދަލުތަކެށް އާދެ އެވެ. ޗޮކުލެޓްގެ ޕަސެންޓޭޖް ބަލަނީ އެޗޮކުލެޓެއްގައި ކޮކޯއާ ހިމެނޭ މިންވަރުން ނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *