ބޭނުންވާނެ ތަކެތި
½ 1 ޖޯޑު ކުރީމް
½ 1 ޖޯޑު ދިޔާ ކިރު
5 ބިހުގެ ގޮބޮޅި
½ ޖޯޑު ހަކުރު
1 ސައިސަމުސާ ލޮނު
½ 2 ޑާރކް ކުކިން ޗޮކޮލެޓް
ހައްދަވާނެ ގޮތް
ތަވައެއްގައި ކުރީމް އަދި ކިރު ގިނި މަޑުކޮށް ކައްކަވާލަށްވާ.އެއަށްފަހު އަލިފާން ނިވާލުމަށްފަހު، ވަކި މިކްސިން ބޮވްލް އެއްގައި ބިހުގެ ގޮބޮޅި، ހަކުރު އަދި ލޮނު އެއްކޮށްލައްވާ. ރަނގަޅަށް އެއްކޮށްލެވުމުން ހޫނުކޮށް ހުރި ކުރީމް އަދި ކިރު ގެ ތެރެއަށް އަޅުއްވާ އެއްކޮށްލައްވާ.އެއްކޮށްލުމަށްފަހު ކުޑަކޮށް ތަތްވެލަންދެން މަޑު ގިނީގައި ކައްކަވާލައްވާ.ކައްކަވަމުންދާ އިރު ސަމުސަލަކުން ހަލުވަމުން ގެންދަވަންވާނެ.ކުޑަކޮށް ތަތްވެލުމުން އަލިފާން ނިވާލުމަށްފަހު ޗޮކޮލެޓް އަޅުއްވާ އެއްކޮށްލައްވާ.އެއްކޮށްލައްވާނީ އޮމާން ކަމެއް އަންނަންދެން. ރަނގަޅަށް އެއްކޮށްލެވުމުން ކުދި ބިއްލޫރި ތަށިތަކަށް ބައި ކޮށްލުމަށް ފަހު އައިސް އަލަމާރިއަށް ލުމަށްފަހު ފިނިވަންދެން ނުވަތަ ކުރެމޯ ރަނގަޅައް ސެޓް ވަންދެން ބަހައްޓަވާ. އެންމެ ރަނގަޅީ އެންމެ މަދުވެގެން 6 ގަޑި އިރު އައިސްއަލަމާރީގަ ބެހެއްޓުން.