މިޝެލް އޮބާމާ އިންސްޓަގްރާމް ކުރި ފޮޓޯއެއްގައި ކީރިތި ރަސޫލާގެ ހަދީސްފުޅެއް

މިޝެލް އޮބާމާ އޭނަގެ ދަރިފުޅުގެ ހައި ސްކޫލް ގްރެޖުއޭޝަން ހަފްލާއަށް ގޮސް މުސްލިމް އަންހެންކުއްޖަކާއެކު ނެގި ފޮޓޯއެއް މިޝެލްގެ އިންސްޓަގްރާމްގައި ޝެއާކޮށް ދުނިޔެއަށް ވަރުގަދަ މެސެޖެއް ރައްދުކޮށްދީފިއެވެ.

މި ފޮޓޯގައިވަނީ މިޝެލް އޮބާމާ ހައި ސްކޫލް ކުއްޖަކަށް މަރުހަބާކިޔައި ބައްދާލި މަންޒަރެވެ. މި ފޮޓޯއަށް ދުނިޔޭގެ މަގުބޫލުކަން ލިބުނީ މިކުއްޖާގެ ގްރެޖުއޭޝަން ތޮފީގައި ލިޔެފައިވާ ކީރިތި ރަސޫލާގެ (ސއވ) ހަދީޘްގެ ސަބަބުންނެވެ. އެ ތޮފީގައި ލިޔެފައިވާ ހަދީޘްގެ މާނަ އަކީ “ ބައްޕައަކަށް ދަރިއަކަށް ދެވޭނެ އެއްމެ އަގުބޮޑު ހަދިޔާ އަކީ ރަނގަޅު ތަރުބިއްޔަތެވެ“.

މިޝެލް މި ފޮޓޯއާއެކު ލިޔެފައިވާ ކެޕްޝަންގައި ބުނެފައިވަނީ ކުރިއަރައި ދާނީ އެކަކު އަނެކަކަށް ބަރޯސާވެ، އެކަކު އަނެކަކު ކައިރިން ދަސްވެގެން، އަދި އެކަކު އަނެކަކަށް އެހީތެރިވެދީގެންކަމުގައެވެ. އަދި އެމެރިކާގައި އެއްއިރެއްގަވެސް އެއްވެސް މީހަކު ހަމައެކަނި އެމީހަކައިގެން އުޅެފައިނުވާކަމަށާއި އަބަދުވެސް އުޅޭނީ އެކަކު އަނެކަކާއި ގުޅިގެންކަމަށެވެ.އިންސްޓާގްރާމްއަށް މިޝެލް ލި މި ފޮޓޯއަށް ވަނީ 59000 ހާހަށްވުރެ ގިނަ ލައިކް ލިބިފައެވެ. އަދި މި ފޮޓޯ ދަނީ އެކި މެސެޖްތަކާއެކު ފޭސްބުކްގައި ގިނަ ބަޔަކު ޝެއާކުރަމުންނެވެ.

މި ފޮޓޯގައިވާ މުސްލިމު އަންކުއްޖާގެ ގްރެޖުއޭޝަން ފޮޓޯއެއްވެސް ވަނީ މިޝެލް އޮބާމާގެ އިންސްޓަގްރާމް ޕްރޮފައިލްގައި ހިއްސާކޮށްފައެވެ. އެފޮޓޯގެ ކެޕްޝަންގައި އެކުއްޖާގެ ތައާރަފެއް ވަނީ މިޝެލް ގެނެސްދީފައެވެ. މި ފޮޓޯގައި ވަނީ ޔަމަނުން އެމެރިކާއަށް 2006 ވަނަ އަހަރު ހިޖުރަކުރި އޮރުއްބާ ނަމަކަށް ކިޔާ އަންހެންކުއްޖެކެވެ. މި ފޮޓޯއަށް ވަނީ 75000 އަށްވުރެ ގިނަ ލައިކް ލިބިފައެވެ.

1

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *