އިންޑޮނޭސިޔާގެ އިންޑަސްޓްރީ މިނިސްޓަރު ކަރްތަސަސްމިތާ އަދި އައިފޯނު 16
އިންޑޮނޭސިޔާގެ އިންޑަސްޓްރީ މިނިސްޓަރު ކަރްތަސަސްމިތާ އަދި އައިފޯނު 16

އިންޑޮނޭސިޔާގައި އައިފޯން 16 މަނާކޮށްފި

އިންޑޮނޭސިޔާއިން އެ ގައުމުގައި އައިފޯނު 16 މަނާކޮށްފިއެވެ.

އައިފޯނު 16 ވިއްކުމާއި ބޭނުންކުރުންވެސް އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން މަނާކުރީ އެޕަލް ކުންފުނިން އެ ގައުމަށް ވި ވައުދާ އެއްވަރަށް އެ ގައުމުގައި އިންވެސްޓް ނުކުރާކަމަށްބުނެއެވެ.

މިކަން ހާމަކޮށް އެ ގައުމުގެ އިންޑަސްޓްރީ މިނިސްޓަރު އަގޫސް ގުމިވަންގް ކަރްތަސަސްމިތާ ބުނެފައިވަނީ އައިފޯނު 16 އެ ގައުމުގައި މަނާކަމަށާއި އަދި ހަމަ އެހެންމެ އެހެން ގައުމަކުން ގަނެގެން އެތެރެކުރުންވެސް މަނާކަމަށެވެ.

”މި ގައުމުގަ އައިފޯނު 16 އެއް ބޭނުންކުރަންޏާ އެ ކުރަނީ ކުށެއް، އަވަހަށް އަހަރެމެންނަށް ރިޕޯޓުކުރޭ“ ކަރްތަސަސްމިތާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އެ ނިންމުން ނިންމަން އެ ގައުމަށް މަޖްބޫރުވީ އެ ގައުމަށް އިންވެސްޓްކުރަން އެޕަލް ކުންފުނިން އެއްބަސްވި މިންވަރަށް އެ ގައުމަށް އެޕަލްއިން އިންވެސްޓްކޮށްފައިނުވުމެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެޕަލްއިން ވައުދުވެފައިވަނީ އެ ގައުމުގައި އެޕަލްއިން 1.71 ޓްރިލިއަން ރުޕިއާ އިންވެސްޓް ކުރުމަށެވެ. އެހެންނަމަވެސް އިންވެސްޓްކުރިކަމަށްވަނީ 1.48 ޓްރިލިއަން ރުޕިއާ އެވެ. އެހެންކަމުން 230 މިލިޔަން ރުޕިއާ އިތުރަށް އިންވެސްޓް ކުރަންޖެހޭކަމަށް ބުނެފައިވެއެވެ.

އިންޑޮނޭސިޔާއަކީ 280 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *